މެޓް ގާލާ 2026ގެ ތީމް އާންމުކޮށްފި

ފެޝަނަށް ލޯބިކުރާ އެންމެން ކޮންމެ އަހަރަކު އިންތިޒާރުކުރާ އެންމެ ބޮޑު ހަފްލާ, މޭ މަހުގެ ފުރަތަމަ ހޯމަ ދުވަހުގެ ތީމް ހާމަކޮށްފިއެވެ. މެޓްރޮޕޮލިޓަން މިއުޒިއަމް އޮފް އާޓުު 2026 ވަނަ އަހަރުގެ މެޓް ގާލާގެ މިފަހަރުގެ ތީމްއަކީ ފަހަރުގައި މިހާތަނަށް އައި އެންމެ ފަންނުވެރި ތީމެވެ. ތީމަކީ ”ކޮސްޓިއުމް އާޓް“ އަހަރުތަކެއް ފަހުން ފުތަރަމަ ފަހަރަށް ތީމެއް އިއުލާން ކުރުމުން މީގެ މާނައަކީ ކޮބާތޯ ބަލަން ސަބްޓައިޓަލް އެއް މިފަހަރު ބޭނުމެއްނުވެއެވެ. ތީމް ނިކަން ރަނގަޅަށް ސާފެވެ. އަމާޒަކީ މި ކަމުގެ ތެރޭގައި އުޅޭ އަދި ފެޝަނަށް ލޯބިކުރާ މީހުން ކުރަމުން އައި ސުވާލަަކަށް ޖަވާބުދިނުމެވެ. "ފެޝަނަކީ ހަގީގަތުގައި ވެސް އާޓް ހެއްޔެވެ؟ ދަ މެޓް އިން ބުނަނީ ”އާން“އެކޭއެވެ. މި މައުރަޒުން ސާބިތުންވެގެން ދާނީ ޑިޒައިނަރެއްގެ ހެދުމަކީ ސްކަލްޕްޓަރެއްގެ މާސްޓާޕީސް އާއި އެއްވަރުގެ އެއްޗެއްކަމެވެ. މިފަހަރުގެ ބޮޑު ކޮންސެޕްޓަކީ ”ދަ ޑްރެސްޑް ބޮޑީ“އެވެ. މައުރަޒުގެ ފަހަތުގައި ހުރި ކިއުރޭޓަރު އެންޑްރޫ ބޯލްޓަން ވިދާޅުވާ ގޮތުގައި މި ޝޯގައި ބޮޑަށް އަލިއަޅުވާލާނީ ހެދުން އަޅާފައިވާ ގޮތާއި ހަށިގަނޑު ގުޅޭހިސާބެވެ. ސީދާބަހުން ބުނާނަމަ މީގެ މާނައަކީ މި މައުރަޒުގައި ހެދުންތަކުން މީހުންގެ ބައްޓަމާއި މުއާމަލާތްކުރާ ގޮތް ހޯދުމެވެ. އެއީ ފޮތިގަނޑާއި, ބައްޓަންތަކާއި , ފެހުންތެރިކަމުން އަހަރުމެންގެ އަމިއްލަ ނަފްސު ދެކޭގޮތް ބަދަލުވާތަން ފެންނުމެވެ. ބޯލްޓަން ބޭނުންވަނީ ހަށިގަނޑުގައި ހެދުން އެޅުމަކީ ކެންވަހެއްގައި ކުަލަޖެއްސުމާއި ނުވަތަ ވަޑާން ހިލައެއް ޖެހުމާއި އެއްފަދަ ފަންނެއްކަން ދައްކާލާށެވެ. މިއީ ފެޝަނަށް އެކަނި ހާއްސަކޮށްފައިވާ 11,500 އަކަފޫޓުގެ އާ ޖާގައެއް ކަމަށްވާ ކޮންޑޭ އެމް ނާސްޓް ގެލެރީގެ ކުލަގަދަ ހުޅުވާލުމެވެ. އަދި މި ތަނުގައި ގާތްގަޑަކަށް 200 ހެދުމާއި, އޭގެ ކައިރީގައި މިއުިޒިއަމްގެ 5,000 އަހަރުވީ ކަލެކްޝަންގެ 200 މަސައްކަތެެއް ފެންނަން ހުންނާނެއެވެ. އޭގެތެރޭގައި ކުރެހުމާއި ސްކަލްޕްޗާތައް ހިމެނެވެ. މީގެ އިތުރުން ފެޝަން ޑިޒައިނަރުންނާއި ކްލަސިކަލް އާޓިސްޓުންގެ މެދުގައި ގިނަ ފަހަރަށް އެއް ޒާތެއްގެ އިންސްޕިރޭޝަނެއް ހިއްސާވާކަން ދައްކުވާލަދޭނެއެވެ. މި ފަހަރުގެ ތީމަކީ ފެޝަން އަދި އާޓްގެ ތާރީޚަށް އަހަރުމެން އަބަދުވެސް ބާލާ ދިރާސާ ކުރާނެ ކަމުގެ ހެއްކެވެ. ”މިއުޒިއަމް އޮފް ކޮސްޓިއުމް އާޓް“ އަކީ ”މެޓް“އާ ގުޅުމުގެ ކުރިން 1937 ވަނަ އަހަރު އުފެއްދި މިނިވަން ޖަމިއްޔާއެކެވެ. މި ނަން ދިރުވައި އާލާކޮށްގެން އެންމެ ފަހުން މިއުޒިއަމް އިން ދަނީ ފެޝަނަކީ އާޓްގެ ދަށް ހަރުފަތެއްގައި އޮތް ފަންނެއް ނޫންކަމަށް ބުނަމަުންނެވެ. އަހަރުމެންގެ ތެރޭގައިވެސް ކޮންމެ ދުވަހަކު ނަލަކޮށް, ތަފާތުކޮށް ނުވަތަ އެމީހެއްގެ އަމިއްލަ ގޮތްގަނޑު އެންމެ ރަނގަޅަށް ދައްކާލެވޭނެ ގޮތަށް ހެދުން އެޅޭތޯ މަސަތްކަތްކުރާ މީހުން އެބަތިއްބެވެ. ”ކޮސްޓިއުމް އާޓް“ ތީމުން މިފަހަރު ސާބިތުކޮށްދެނީ އެ މީހެއްގެ އަމިއްލަ ގޮތްގަނޑަށް ހެދުން އެޅުމަކީ އެބައެއްގެ ތާރީހާއި ސަގާފަތާއި ގުޅި އަދި މި ވާހަކަތައް ދެކެވެން ޖެހޭނެ ސަބަބެއްގެ ގޮތުގައި ބެހެއްޓުމުގެ މުހިންމުކަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ