ކުޅިވަރު ކުރިއެރުވުމަށް 255 މިލިއަން ހަރަދުކޮށްފިން: ރާފިއު

ކުޅިވަރުގެ ދާއިރާ އިތުރަށް ތަރައްގީކުރުމަށް މިހާރުގެ ސަރުކާރުން 255 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ އެވެ.
މި އަހަރުގެ ކުޅިވަރު އެވޯޑް ދިނުމުގެ ހަފުލާގައި ވާހަކަދައްކަވަމުން މިނިސްޓަރު ރާފިއު ވިދާޅުވީ ފާއިތުވި އަހަރުގެ ނޮވެންބަރު މަހުން ފެށިގެން މި އަހަރުގެ އޮކްޓޯބަރު މަހުގެ ދިހަަވަނަ ދުވަހުގެ ނިޔަލަށް ކުޅިވަރުގެ ވަސީލަތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކުރުމަށް 255 މިލިއަން ހަރަދުކޮށްފައިވާ ކަމަށެވެ. 
ރާފިއު ފާހަގަކުރެއްވި ގޮތުގައި މިއީ މިހާރު ކުރިމަތިވެފައިވާ މާލީ ދަތިތަކާއެކުވެސް ކުޅިވަރުގެ ދާއިރާ ތަރައްގީކުރުމަށް ކުރި ބޮޑު ހޭދަައެކެވެ.
މި އަހަރު ގައުމީ ޓީމުތަކުން ހޯދި ކާމިޔާބީތައް ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އެ ކާމިޔާބުތަކަަށް ތާރީފު ހައްގު ކަމަށެވެ. އަދި އެ ކާމިޔާބީތަކުން ރާއްޖޭގެ ކުޅިވަރުގެ މުސްތަގުބަލާމެދު އުއްމީދު އައުވުމާއެކު ހިތްވަރު ލިބޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 
ފާއިތުވި 11 މަސްދުވަހު އެކި ކުޅިވަރުތަކުން 74 ކުޅިވަރު ހަަރަކާތެއްގައި ރާއްޖެއިން ބަައިވެރިވެފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ މި އަހަރުގެ މިހާތަނަށް ބައިނަލްއަގުވާމީ އެކި މުބާރާތްތަކުން 22 މެޑައްޔެއް ދިވެހި ކުޅުންތެރިން ހޯދާފައިވާ ކަމަށެވެ. 
އެގޮތުން ނުވަ ރަން މެޑައްޔާއި، ނުވަ ރިހި މެޑައްޔާއި ހަތަރު ލޯ މެޑަލް ރާއްޖެއަށް ކާމިޔާބު ކުރެވިފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. 
މި އަހަރުގެ މިހާތަނށް ރާއްޖޭގައި ބައިނަލްއަގުވާނީ ނުވަ މުބާރާތް ބާއްވާފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަަރު ވިދާޅުވެފައިވަނީ މި އަހަރު ބާކީ އޮތް މުއްދަތުގައި ބައިނަލްއަގުވާމީ އިތުރު ދެ މުބާރާތެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ