މިރޭ އިދިކޮޅު އެމްޑީޕީން ބާއްވަން ހަމަޖަހިފައިވާ “ގާނޫނު އަސާސީގެ ދިފާއުގައި ރައްޔިތުން ބޮޑު ޖަލްސާއަށް ރާއްޖެތެރޭގެ ރަށްތަކުން ގިނަ އަދަދެއްގެ ބަޔަކު މާލެއަށް ޖަމާވާން ފަށައިފިއެވެ.
މިޖަލްސާގެ މައުލޫމާތު ދިނުމަށް އެމްޑީޕީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި, އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވީ ޤާނޫނު އަސާސީގެ ދިފާޢުގައި ރައްޔިތުން ނުނިކުމެއްޖެނަމަ ގެއްލޭނެ އެތި މާބޮޑުވެދާނެކަމަށާއ،ި ވީހާ ގިނަ މިކަންކަން ގަބޫލުކޮށް، މުއިއްޒު ޒިންމާދާރު ކުރުވުމަށް ނިކުންނަން ޖެހޭ ކަމުގައެވެ.
އަދި ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާ ތަކާއި އަދިވެސް މިކަންކަމުގެ ކަންބޮޑުވުން ހުރި އެންޖީއޯ ތަކުން މިރޭ އެމްޑީޕީން ބާއްވާ ބޮޑު ޖަލްސާގައި ބައިވެރިވުމަށްވެސް އޭނާ ގޮވާލެއްވިއެވެ.
“އެނގިވަޑަައިގަންނަވާނެ މިއަދު އަޅުގަނޑުމެން މިކަން ދޫކޮށްލައިފިނަމަ މާދަމާ އަދި އަޅުގަނޑުމެންނަށް ގެއްލޭ އެތި ބޮޑުވެގެންދާނެ، އެހެންވީމާ ކޮންމެހެން ވެސް އަޅުގަނޑުމެންގެ މި ފެށޭ ހަރަކާތްތަކުގައި ވީހާ ގިނަ މިކަންކަން ގަބޫލުކުރާ ބޭފުޅުން ބައިވެރިވުމަށް އަޅުގަނޑު ގޮވާލަން، ހަމައެއާއެކު ދިވެހި ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާ ތަކާއި އަދިވެސް މިކަންކަމުގެ ކަންބޮޑުވުން ހުރި އެންޖީއޯ ތަކުން އަޅުގަނޑުމެން މިޖަލްސާގައި ބައިވެރިވެ އަޑުއުފުލުމުގައި ބައިވެރިވާނެ ކަމަށް އަޅުގަނޑު އުއްމީދުކުރަން.”
ފައްޔާޒު ވިދާޅުވެފައި ވެއެވެ.
ގާނޫނު އަސާސީގެ ދިފާއުގައި އެމްޑީޕީން ބޮޑު ޖަލްސާއެއް ބާއްވަނީ, އެއްވެސް ފަރާތެއްގެ މަޝްވަރާއަކާ ނުލާ, 24 ގަޑިއިރުތެރޭ މުއިއްޒު ގާނޫނު އަސާސީ ބަދަލުކޮށްފައި ވަނިކޮށެވެ. މިއީ ރާއްޖޭގެ ވެރިއަކު މިފަދަ ޚުދުމުޚުތާރު ގޮތަކަށް ގާނޫނު އަސާސީ ބަދަލުކުރި ފުރަތަމަ ފަހަރެވެ. އަދި މުއިއްޒު ވަނީ މިނިވަން މުވައްސަސާތަކުގެ ރައީސުންވެސް އައްޔަން ކުރިން އަމިއްލަ މުށުތެރެއަށް ލައްވާ, ދައުލަތުގެ މިނިވަން މުވައްސަސާތަކުގެ ބާރު ކަނޑުވާލުމުގެ މަސައްކަތްވެސް ފައްޓަވާފައެވެ.
“ގާނޫނު އަސާސީގެ ދިފާއުގައި” ބޮޑު ޖަލްސާއަށް ގިނަ ބަޔަކު ދަނީ މާލެއަށް ޖަމާވަމުން! މުއިއްޒު ޒިންމާދާރު ކުރުވުމަކީ ރައްޔިތުން އަދާކުރަންޖެހިފައިވާ ގައުމީ ބޮޑު ވާޖިބެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ