ޝާދިޔާ ޖަލުގައި ބަންދުކުރީ ގޯސްކޮށް ކަމަށް ހައި ކޯޓުން ކަނޑައަޅައިފި
އިޒްރޭލުން ފަލަސްތީނަށް ދެމުންގެންދާ ހަމަލާތަކާ ދެކޮޅަށް އިހުތިޖާޖު ކުރުމުގެ ގޮތުން ހާރިޖީ މިޝަންތަކުގެ ކައިރިއަށް އެއްވެ އަޑުއުފުލައި ސަފީރުންނަށް އުނދަގޫ ކުރަމުން ދިއުމުގެ ތުހުމަތުގައި ޝާދިޔާ އަހުމަދު ބަންދުކުރީ ގޯސްކޮށް ކަމަށް ހައި ކޯޓުން މިއަދު ނިންމައިފި އެވެ.އެ ދެ މީހުން ހައްޔަރުކުރީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފަށް ޑިޕްލޮމެޓިކް މިޝަންތަކުގެ ކައިރިއަށް ތަކުރާރުކޮށް އެއްވެ، ވަކި ސަފީރަކަށް އުނދަގޫވާ ގޮތަށް އަމަލުކޮށް، ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމުން ކަމަށް ބުނެ ކްރިމިނަލް ކޯޓުން ނެރުނު އަމުރެއްގެ ދަށުންނެވެ. އެ އަމުރު ހައި ކޯޓުގައި އިސްތިއުނާފު ކުރީ ޝާދިޔާގެ ފަރާތުންނެވެ.މިއަދު ހައި ކޯޓުން ހުކުމް ކުރީ ކްރިމިނަލް ކޯޓުގެ އަމުރަކީ ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ ނ. އާ ހިލާފަށް ނެރެފައިވާ އަމުރެއް ކަމަށެވެ. އެހެންވެ, ޝާދިޔާ ބަންދުކުރީ ގާނޫނާ ހިލާފަށް ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.އެހެންވެ، އެ މައްސަލާގައި ޝާދިޔާ ތިން ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލްކުރީ ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވެ އެވެ.ހައި ކޯޓުން މި ހުކުމް މިއަދު އިއްވީ ބެންޗުގައި ތިއްބެވި ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އެ ބެންޗުގައި ތިއްބެވީ:ހުޒައިފާ މުހައްމަދު (ރިޔާސަތު)މުހައްމަދު ސަލީމްއަބްދުލްމާނިއު ހުސައިންޝާދިޔާ ތިން ދުވަހަށް ބަންދުކުރަން ނެރުނު އަމުރު ބާތިލް ކުރިއިރު، އެ މައްސަލާގައި އޭނާ އިތުރު ފަސް ދުވަހަށް ބަންދުކުރަން ނެރުނު އަމުރު ވެސް އޭނާގެ ފަރާތުން އޮތީ އިސްތިއުނާފްކޮށްފަ އެވެ. އެ މައްސަލަ ވެސް ހައި ކޯޓުގައި މިހާރު އޮތީ ހުކުމް އިއްވުމުގެ މަރުހަލާގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ