މިއަދު ރައީސް ތަސްދީގުކުރެއްވި ތިން ބިލަކީ ޓީޖީއެސްޓީ ރޭޓާއި، ގްރީން ޓެކުހާއި، އެއާޕޯޓު ފީ އަދި ޓެކްސް ބޮޑުކުރުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ތިން ބިލެވެ.
ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުންހުރި ތިން ޓެކުހެއް ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލުތައް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފި އެވެ.
މަޖިލީހުން ފާސްކުރި ތިން ބިލަކީ ޓީޖީއެސްޓީ ރޭޓާއި، ގްރީން ޓެކުހާއި، އެއާޕޯޓު ފީ އަދި ޓެކްސް ބޮޑުކުރުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ތިން ބިލެވެ. މިއީ ސަރުކާރުގެ ފަރާތުން އަންނަ އަހަރު ތަންފީޒުކުރަން ކަނޑައަޅާފައިވާ މާލީ އިސްލާހުތަކުގެ ތެރެއިން ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް 2025 ގެ ދައުލަތުގެ ބަޖެޓުގައި ހިމެނި ފިޔަވަޅުތަކެވެ.
މިއަދު ރައީސް ތަސްދީގުކުރައްވައި މިހާރު ގެޒެޓުގައި ޝާއިއުކޮށްފައިވާ ޓީޖީއެސްޓީ ރޭޓު ބޮޑުކުރުމުގެ ބިލުގައި ބުނެފައިވަނީ އަންނަ ޖޫން މަހުން ފެށިގެން މިހާރު 16 ޕަސެންޓުގައި ނަގަމުންދާ ޓީޖީއެސްޓީ 17 ޕަސެންޓަށް ބޮޑުވާނެ ކަމަށެވެ.
އަދި ޓޫރިޒަމް ގާނޫނު އިސްލާހުކޮށް ގެނައި ބަދަލާއެކު މިހާރު ރިސޯޓުތަކާއި، 50 ކޮޓަރިއަށްވުރެ ގިނަ ކޮޓަރި ހުންނަ ގެސްޓުހައުސްތަކާއި ސިޓީ ހޮޓާތަކާއި އެފަދަ އެސްޓަބްލިޝްމެންޓުތަކުން ޓޫރިސްޓެއްގެ އަތުން ދުވާލަކު ގްރީން ޓެކުހުގެ ގޮތުގައި ގަަމުން އައި ހަ ޑޮލަރު 12 ޑޮލަރަށް ބޮޑުވާނެ އެވެ.
އަދި 50 ކޮޓަރިއަށްވުރެ މަދުން ކޮޓަރި ހުންނަ ގެސްޓުހައުސްތަކުގައި ތިބޭ ފަތުރުވެރިން އަތުން ދުވާލަކަށް ނަގަމުން އައި ތިން ޑޮލަރު ހަ ޑޮލަރަށް ބޮޑުކުރުމަށްވެސްވަނީ ނިންމާފަ އެވެ. މި ބަދަލަށް އަމަލުކުރާނީ އަންނަ އަހަރުގެ ޖަނަވަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.
ރާއްޖޭގެ އެއާޕޯޓުތަކުން ރާއްޖެއިން ބޭރަށް ފުރާ ކޮންމެ މީހެއްގެ އަތުން ނަގާ ޑިޕާޗާ ޓެކްސް ވެސް ބޮޑު ކުރަން ވަނީ ނިންމާފައިވެ އެވެ. މިހާރު އިކޮނޮމީ ކްލާސްގައި ފުރާ ދިވެހިންގެ އަތުން ނަގަމުންދަނީ 12 ޑޮލަރެވެ. އެ އަދަދަށް އެއްވެސް ބަދަލެއް ނުގެންނާނެ ކަމަަށް ސަރުކާރުން ބުންޏެވެ. އެހެންކަމުން މި ޓެކުހަށް ގެންނަ ބަދަލުގެ އަސަރެއް އާދައިގެ ރައްޔިތުންނަށް ނުފޯރާނެ އެވެ.މިހާރު އިކޮނޮމީ ކްލާސްއިން ދަތުރުކުރާ ބޭރު ފަސިންޖަރުން އަތުން ނަގަނީ 30 ޑޮލަރެވެ. ނަމަވެސް ޑިސެންބަރު 1، 2024 އިން ފެށިގެން ނަގާނީ 50 ޑޮލަރެވެ. އަދި ބިޒްނަސް ކްލާސްގައި ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން 60 ޑޮލަރުގެ ބަދަލުގައި 120 ޑޮލަރު އަދި ފަސްޓް ކްލާސްއިން ދަތުރުކުރާ ފަސިންޖަރުންގެ އަތުން 90 ޑޮލަރުގެ ބަދަލުގައި 240 ޑޮލަރެވެ. ޕްރައިވެޓް ޖެޓުގައި ދަތުރުކުރާ ފަސިންޖަރުންގެ އަތުން 120 ޑޮލަރުގެ ބަދަލުގައި 480 ޑޮލަރު ނަގާނެ އެވެ.
އެއާޕޯޓު ޓެކްސް އަދި ފީތައް ބޮޑުކުރުމަށް ގެނައި ބަދަލަށް އަމަލުކުރަން ފަށާނީ އަންނަ ޑިސެންބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.
މި ބަދަލުތަކާއެކު ދައުލަތަށް ލިބޭ އާމްދަނީ އަންނަ އަހަރު އިތުރުވާނެކަމަށް ސަރުކާރުން ލަފާކުރެ އެވެ. އާމްދަނީ އިތުރުކުރުމަށް އަޅާ ފިޔަވަޅުތަކުގެ އިތުރަށް އަންނަ އަހަރު ދައުލަތުގެ ހަރަދު ކުޑަކުރުމަށް މުހިއްމު ފިޔަަވަޅުތަކެއް އެޅުމަށް ނިންމާފައިވެ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ޓޫރިޒަމް ޓެކްސްތައް ބޮޑުކުރާ ބިލުތައް ތަސްދީގު ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ