ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް ކޮށްފައިވާ ދައުވާ ހައި ކޯޓުން ބޭރުކޮށްލުމުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައިފިއެވެ.
ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް، ޕަބްލިކް ޕްރޮސިކިއުޓާ އަހުމަދު ޝަފީއު "ދިޔަރެސް" އަށް ވިދާޅުވީ ޖިހާދުގެ މައްސަލަ އިސްތިއުނާފް ކުރުމަށް އެ އޮފީހުން މި ހަފުތާ ތެރޭގައި ސުޕްރީމް ކޯޓަށް ހުށަހަޅާނެ ކަމަށެވެ. އަދި ހަމަ އެ މައްސަލަ އަނބުރާ ހައި ކޯޓަށް ހުށަހަޅަން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޖިހާދުގެ މައްސަލަ ޕީޖީން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ