ތިލަފުށީގައި ތަރައްގީކުރާ ބަނދަރުގައި ހިމެނޭ 100 މީޓަރުގެ ކީވޯލް އަދި އެ ސަރަހައްދުގެ ޕޭވިން މަސައްކަތްތައް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.
އެމްޕީއެލްގެ ހެޑް އޮފީހުގައި މިއަދު ހެނދުނު
އޮތް ރަސްމިއްޔާތެއްގައި މި މަޝްރޫއުއާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރެއްވީ އެމްޕީއެލްގެ ސީއީއޯ ހުސެއިން ޝަފީގާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ.
ކީ ވޯލް ތަރައްގީކުރުމާއި 6،775 އަކަ މީޓަރުގެ ސަރަހައްދުގެ ޕޭވިން މަސައްކަތް ހަވާލުކުރީ 120 ދުވަސް ތެރޭ ފުރިހަމަކުރާ
ގޮތަށެވެ.
މި މަޝްރޫއުގައި ހިމެނޭ ކްލިއަރަންސް ސަރަހައްދުގެ ކީވޯލް ތަރައްގީކުރުމުގެ
އަގަކީ 18.8 މިލިއަން ރުފިޔާ އެވެ. އަދި، ކީވޯލާއި، ސަރަހައްދު ޕޭވްކުރުމާއި އެކަމާ ގުޅުންހުރި
ހުރިހާ މަސައްކަތާ އެކު، މި މަޝްރޫއު ފުރިހަމަކުރުމަށް 154 މިލިއަން ރުފިޔާ
ހޭދާވާނެ ކަމަށް އެމްޕީއެލްއިން ބުންޏެވެ.
މިއީ ތިލަފުށީގައި ތަރައްގީކުރާ ބަނދަރުގެ ކްލިއަރަންސްގެ އޮޕަރޭޝަންސްތަކަށް
މި ވަގުތު ތަރައްގީކުރާ ސަރަހައްދެކެވެ. ނަމަވެސް، ތިލަފުށި ބަނދަރު
ތަރައްގީކުރުމުގެ މަޝްރޫއު ފުރިހަމަވުމުން، މި ސަރަހައްދު ބޭނުންކުރާނީ
އެމްޕީއެލްގެ އުޅަނދުތަކަށް ހާއްސަ ކުރެވޭ "ސާވިސް ކީ" އެއްގެ
ގޮތުގަ އެވެ.
ކްލިއަރަންސް އޮޕަރޭޝަންސްތަކަށް މި ސަރަހައްދު ބޭނުންކުރަން ފެށުމުން،
މާލޭ ވިޔަފާރި ބަނދަރާއި ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލުން ކަނޑުމަގުން މުދާ
ކްލިއާކުރުމުގެ އޮޕަރޭޝަންސްގެ ބޮޑު ބައެއް މި ސަރަހައްދަށް ބަދަލުކުރާނެ ކަމަށް އެމްޕީއެލްއިން ބުންޏެވެ. މިއީ މާލޭ ވިޔަފާރި ބަނދަރާއި ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލްގައި މިހާރު
ފޯރުކޮށްދެމުންދާ ކްލިއަރަންސްގެ ހިދުމަތަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ލިބޭނެ
ބޮޑު ލުއެއް ކަމަށެވެ.
އެމްޕީއެލްއިން ބުނީ ތިލަފުށީގައި ތަރައްގީކުރާ ބައިނަލްއަގްވާމީ ބަނދަރުގެ އެކި މަސައްކަތްތައް ބާރަށް ކުރިއަށްދާ ކަމަށާއި އަމާޒަކީ އަންނަ އަހަރުގެ ނޮވެމްބަރު މަހު ތިލަފުށި ބަނދަރު ހިދުމަތަށް ހުޅުވާލައި، މާލޭ
ވިޔަފާރި ބަނދަރުގެ އޮޕަރޭޝަންސްތައް އާ ބަނދަރަށް ބަދަލުކުރުން ކަމަށެވެ.
އެގޮތުން، ތިލަފުށި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ފޭސް-1ގެ ޑިޒައިން
އަދި ސާވޭގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ޗައިނާ ހާބަ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ) އަށް މި އަހަރުގެ ފެބްރުވަރީ މަހުގެ ތެރޭގައި ހަވާލުކޮށްފައިވެ އެވެ. އެ މަސައްކަތްތައް މިހާރު ވަނީ ނިމުމަކާ ހަމައަށް އައިސްފައެވެ.
ތިލަފުށި ޕޯޓްގެ ކްލިއަރަންސް ސަރަހައްދުގެ ކީވޯލާއި ޕޭވްކުރުމުގެ މަސައްކަތް އެމްޓީސީސީއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ