މޫސުން ގޯސްވެ، ބައެއް ސަރަހައްދުތަކަށް ރީނދޫ އެލާޓް

ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މޫސުން ގޯސްވެ، ބޮޑު ސަރަހައްދަކަށް ރީނދޫ އެލާޓް ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ އިން ވަނީ ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާއި ހަމައަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަަމަށް ލަފާކޮށް ރީނދޫ އެލާޓް ނެރެފައެވެ.
މި އެލާޓް ނެރެފައި ވަނީ މިއަދު ހަވީރު 4:15 އިން ފެށިގެން ރޭގަނޑު 8:15 އާ ހަމައަށެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައަކީ ރާއްޖޭގެ ސަރަހައްދުގައި ބޯ ވިލާތަކެއް އުފެދުމުގެ ސަބަބުން ކުރަމުންދާ ވިއްސާރައެކެވެ. މި ވިއްސާރައިގައި ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ނުބެލެވޭ ކަމަށް މެޓުން ބުނެފައިވެއެވެ.
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ