އޭއޯ ރޯދައިގެބަދިގެ: ވަންޕޮޓް ސްޕިނެޗް މަށްރޫމް ޕާސްތާ ފުވައްމުލަކުގައި ޓޫރިޒަމް ޒޯނެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި ގެއްލިގެން ހޯދަމުން ދިޔަ އުމްރާވެރިޔާ ފެނިއްޖެ އިޔާޒު އަކީ އިލްމީ،ގާބިލު ޒުވާނެއް: ނައިބު ރައީސް މަގުބޫލު ލިޔުންތައް 15 އަ

ލ. ގަމު ތުނޑީ އަވަށުގައި މިހާރު ކުރިއަށް ދާ “ލ. ގަން ކައުންސިލް ތުނޑީ ރަމަޟާން ކަޕް 1445” 16 އަހަރުން މަތީ އުމުރުފުރައިން ފައިނަލުގެ ޖާގަތަށް ކަންމަތި ސްޕޯޓްސް ކުލަބް އަދި ބެސްޓް ސްޕޯޓްސް ކުލަބުން ކަށަވަރުކޮށްފިއެވެ.
ސެމީ ފައިނަލުގެ ދެ މެޗު ރޭ ކުޅެފައިވާއިރު، ރޭ އެންމެ ވަރުގަދަކޮށް ފެނިގެން ދިއަ މެޗަކީ އައުޓްރީފް އަދި ބެސްޓް ސްޕޯޓްސް ކުލަބް ބައްދަލުކުރިމެޗެވެ. މި މެޗު ވަރަށް ވާދަވެރި ކުޅ>ުމަކަށް ފަހު 2-3 ގެ ނަތީޖާއަކުން ކާމިޔާބު ކޮށް ފައިނަލުގެ ޖާގަ ކަށަވަރުކުރީ ބެސްޓް ސްޕޯޓްސް ކުލަބުންނެވެ.
ބެސްޓް އަދި އައުޓްރީފް ބައްދަލުކުރި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަަނީ ބެސްޓް ގެ ކެޕްޓަން ހުސެއިން ޝަރީފްއެވެ.
ސެމީގެ ދެވަނަ މެޗުގައި ރޭ ބައްދަލުކުރީ ކަންމަތި ސްޕޯޓްސް ކުލަބް އަދި ކިންގް ސްޕޯޓްސް ކުލަބެވެ. މި މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމުނު އިރު، 2-2 ގެ ނަތީޖާއިން އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި 4-5 ގެ ނަތީޖާއިން ކުރިހޯދައިގެން ފައިނަލުގެ ދެވަނަ ޖާގަ ކަށަވަރުކުރީ ކަންމަތި ސްޕޯޓްސް ކުލަބުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކަންމަތީ ސްޕޯޓްސް ކުލަބުގެ ގޯލްކީޕަރު އަބުދުﷲ ޒިމާމްއެވެ.
ކަންމަތި ސްޕޯޓްސް ކުލަބް އަދި ބެސްޓް ސްޕޯޓްސް ކުލަބް ބައްދަލުކުރާ ފައިނަލް މެޗު އޮންނާނީ މިމަހުގެ 29 ވާ ހުކުރު ދުވަހުގެ ރޭ 10:00 ގައެވެ.
16 އަހަރުން ދަށުގެ އުމުރުފުރައިގެ ފައިނަލް މެޗު މިރޭ އޮންނާނެއެވެ. ރަސްހިންނެ ބާބާ ސްޕޯޓްސް އަދި ބެސްޓް ޖޫނިއަރސް ބައްދަލުކުރާ ފައިނަލް މެޗުގެ ކުޅުން ފަށާަނީ މިރޭ 10:00 ގައެވެ.
މި މުބާރާތުގެ ހުރިހާ މެޗެއްވެސް ސޮސައިޓީ ފޮރ ތުނޑީ އެޑްވާންސްމަންޓް އެންޑް ރިކްރިއޭޝަން ގެ ރަސްމީ ފޭސްބުކް ޕޭޖުން ލައިވް ކުރާނެއެވެ.
ލ. ގަން ކައުންސިލް ތުނޑީ ރަމަޟާން ކަޕް 1445، ފުޓްސަލް މުބާރާތަކީ ލ. ގަން، ސޮސައިޓީ ފޯރ ތުނޑީ އެޑްވާންސްމަންޓް އެންޑް ރިކްރިއޭޝަން (ސްޓަރ) ގެ ފަރާތުން އިސްނަގައިގެން ކޮންމެ ރަމަޟާން މަހަކު މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވަމުން އަންނަ މުބާރާތެކެވެ،
މުބާރާތުގެ ޗެމްޕިއަން ޓީމަށް 30،000 ރުފިޔާ ދޭގޮތަށް ހަމަޖެހިފައިވާއިރު ރަނަރަޕް ޓީމަށް މި އަހަރު 15،000 ރުފިޔާ ދޭނެ އެވެ.
މުބާރާތުގެ ސްޕޮންސަރުން:
ޓައިޓަލް ސްޕޮންސަރ: ލ، ގަން ކައުސިލް
ކޯ ސްޕޮންސަރ: ނޫފަރު ބްރަދާސް. ލ. ގަމު ދާއިރާގެ ޕީޕީއެމް/ޕީއެންސީ ކެނޑިޑޭޓް ޔޫޞުފް ނަޝީދު.
ބްރޮންޒް ސްޕޮންސަރ: ލެޒިޒް، މަޒީ ކެމިސްޓް، ފިނިތަރި ހޮޓާ، ބްރޯވީ މާޓް، ކަރަވަން ޓެކްސީ، ދަ ނޮޓްބައި ރޫޓް 66 ލާމު، ނޫފަރު ގޭސް، މަސްކުރި. ރީޝް.
އޮންލައިން މީޑިއާ ޕާރޓްނަރ: އޭއޯ ނިއުސް.
ކިޓް ޕާރޓްނަރ: ބަމްބަމްބީ.
ފޮޓޯގްރަފީ ޕާރޓްނަރ: އައިކެންޑީ.
މީޑިއާ ޕާރޓްނަރ: އެމްއާރު ޕްރޮޑަކްޝަން.
ޕްރިންޓިންގް ޕާރޓްނަރ: އިންކް މޯލްޑިވްސް.
ބެވަރޭޖް ޕާރޓްނަރ: ޝަބްނަމީ ހޯލްޑިން.
ޑިޖިޓަލް ޕާރޓްނަރ: ދިރާގު
މުބާރާތުގެ ސެކިއުރިޓީ އެސިސްޓެންސް: މޯލްޑިވްސް ޕޮލިސް ސާވިސް.
ލ. ގަން ކައުންސިލް ތުނޑީ ރަމަޟާން ކަޕް 1445، ފުޓްސަލް މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ “އޭއޯ ނިއުސް” އެވެ.
މި ނޫހުން މުބާރާތުގެ އެންމެ ފަހުގެ މައުލޫމާތާއި ހުރިހާ މެޗެއްގެ ހަބަރު ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ