15000ރ ގެ އިނާމާއެކު އުރީދޫ ނޭޝަން އީއޭއެފްސީ މުބާރާތުގެ ސީޒަން 1 ފަށައިފި

އުރީދޫ މޯލްޑިވްސް ހެޑްކުއާޓާސްގައި އުރީދޫ ނޭޝަންގެ އީއޭއެފްސީ މޯލްޑިވްސް ޗެމްޕިއަންޝިޕް ކޮންޓެންޑާ ސީރީޒް، ސީޒަން 1 މިއަދު ފަށައިފިއެވެ.
މި މުބާރާތް ފެށުމުގެ ގޮތުން އުރީދޫގެ ޗީފް ޓެކްނޮލޮޖީ އޮފިސަރު މަލްކަން ސިންގް ތަންވަރު އަދި ޑިރެކްޓާ އޮފް އޮޕަރޭޝަންސް ޝަބީން އަލީ ވަނީ ފުރަތަމަ މެޗު ކުޅުއްވާފައެވެ.
އުރީދޫން ބުނީ މިއީ 3 ދުވަހަށް ދެމިގެންދާ މުބާރާތެއް ކަމަށާއި މި މަހުގެ 20 ވަނަ ދުވަހު ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ގޮތުން އެ މެޗް އޮތީ ރައުންޑް ރޮބިން ސްޓައިލަށް 3 ކުޅުންތެރިންގެ މެދުގައި ކުލޭ ގޮތަށް ކަމަށް އުރީދޫން ބުނެއެވެ.
މި މުބާރާތަށް 15000 ރުފިޔާގެ އިނާމެއް ހުށަހަޅާފައިވާ އިރު އެއްވަނަ އަށް ދާ ކުޅުންތެރިޔާއަށް 8000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. ދެވަނައަށް ދާ ކުޅުންތެރިއަކަށް 4500 ރުފިޔާ އަދި ތިން ވަނައަށް ދާ ކުޅުންތެރިޔާއަށް 2500 ރފުިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ގޭމަރުންގެ މެދުގައި އެންމެ މަގުބޫލު ނެޓްވޯކު، އުރީދޫ މޯލްޑިވްސް އިން މިއަހަރަށް ރާވައިފައި ވަނީ ހާއްސަ ޝައުގުވެރި މުބާރާތްތަކެއް ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި މި އަހަރު "އަލްޓިމޭޓް ޕްލޭޔާ" ޓްރޮފީ އަށް ވާދަކުރުމުގެ ފުރުސަތު ހުރިހާ ބައިވެރިންނަށް ވެސް ހުޅުވާލެވޭނެ ކަމަށް ވެސް އުރީދޫން ބުނެއެވެ.
"އަލްޓިމޭޓް ޕްލޭޔާ" އަކީ ގޭމަރުންގެ ތެރެއިން ހޮވާލެވޭ މޮޅު ފަންނާނެކެވެ. އަދި އެހެން ކުޅުންތެރިންނަށް ނަމޫނާ ފަރާތަކަށް ވެގެންދާނެ ފަރާތެކެވެ. މިއީ ރާއްޖޭގައި މިފަދަ ފަންނާނެއް ހޮވޭ ފުރަތަމަ ފަހަރު ކަމަށް ވެސް އުރީދޫން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ