މާލެއާއި ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ރާވާފައިވާ ބޮޑު މަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭނެ ވަކި ތާރީހެއް އަދިވެސް ކަނޑައެޅިފައި ނެތް ކަމަށް އިންފްރާސްޓަރަކްޗާ މިނިސްޓްރީން ބުނެފި އެވެ.
ޗައިނާގެ ހިލޭ އެހީގައި މާލެ އާއި ވިލިމާލޭގެ މަގުތައް ތަރައްގީ ކުރުމުގެ މަޝްރޫއު 2024 ގައި ފަށާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވި އެވެ. އެއަށް ފަހު އިންފްރާސްޓަރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތޮލިބު ވިދާޅުވެފައި ވަނީ 2025 ގައި މަޝްރޫއު ފަށާނެ ކަމަށެވެ. މި މަޝްރޫއުގެ ފީސިބިލިޓީ ހެދުމަށް ބަޔަކާ ހަވާލުކުރިތާ ވެސް ދޮޅު އަހަރަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އަދަދު ނޫހުން ހުށަހެޅި ސުވާލުތަކަށް އިންފްރާސްޓަރަކްޗާ މިނިސްޓްރީން ދިން ޖަވާބުގައި ބުނީ މަގު ހެދުމުގެ މަޝްރޫއު ފެށުން ލަސްވަމުންދަނީ، ޗައިނާ ސަރުކާރުން ފުރިހަމަކުރަންޖެހޭ އިދާރީ ހުއްދަތައް ހޯދުމުގެ މަރުހަލާތަކަށް ވަގުތު ބޭނުންވާތީ ކަމަށެވެ.
"އަމަލީ މަސައްކަތް ފަށަން ބޭނުންވާ ތާރީހު ކަނޑައެޅިގެން ދާނީ ޗައިނާ ސަރުކާރުން ބޭނުންވާ ހުއްދަތައް ލިބުމުން،" އިންފްރާސްޓަރަކްޗާ މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރު ފޮނުވި ޖަވާބުގައިވެ އެވެ.
"ޗައިނާ ސަރުކާރުން އެޕްރޫވަލް ލިބި ކޮންޓްރެކްޓަރެއް ކަނޑައެޅުމުން އަމަލީ މަސައްކަތް ފެށިގެންދާނެ.'
ޗައިނާގެ މި ބޮޑު މަޝްރޫއު ރޭވިފައި އޮތްއިރު، މާލޭގެ އުތުރު ފަރާތުގެ ބޮޑުތަކުރުފާނު މަގުގައި ތާރުއަޅައި ތަރައްގީކުރުމަށް ސަރުކާރުން ދަނީ ބޮޑު ހަރަދެއް ކުރަމުންނެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުއަށް ހަރަދުކޮށްލަނީ ކިތައް މިލިއަން ރުފިޔާ ކަމެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ.
މާލޭގެ ހުރިހާ މަގުތަކެއް ޗައިނާގެ އެހީގައި ތަރައްގީ ކުރާނެ މުއިއްޒު ކުރިން ވިދާޅުވެފައި ވާއިރު، އެންމެ ފަހުން އިންފްރާސްޓަރަކްޗާ މިނިސްޓްރީން ދިން ޖަވާބުގައި ބުނެފައި ވަނީ ތަރައްގީކުރާނީ ކަނޑައެޅޭ މަގުތަކެއް ކަމަށެވެ.
ޗައިނާގެ ހިލޭ އެހީގައި މާލޭގެ މަގުތައް ތަރައްގީކުރަން ފެށޭނެ ތާރީހެއް މިހާރު ސަރުކާރަކަށް ނޭނގޭ! ޗައިނާގެ ހިލޭ އެހީގައި މާލޭގެ މަގުތައް ތަރައްގީކުރަން ފެށޭނެ ތާރީހެއް މިހާރު ސަރުކާރަކަށް ނޭނގޭ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ