ރާއްޖޭގެ ޝަރުއީ ކޯޓުތަކަކީ އަނިޔާވެރިކަން ނައްތާލުމުގެ މައްޗަށް ތަރުތީބުކުރެވިފައިވާ ބާރެއް ނޫންކަމަށް ދޭހަވާގޮތަށް ރާއްޖޭގެ އުއްތަމަ ފަނޑިޔާރު ވާހަކަ ދައްކަވައިފިއެވެ. ރާއްޖޭގެ ފަނޑިޔާރު މަނިކުފާނަށް އެމަނިކުފާނުގެ ކޯޓުތައް އަދުލުވެރި ނޫންކަމަށް ގަބޫލުކުރެއްވުނީމާ އެހެން މީހުންނަށް ކޯޓުތަކާމެދު އޮންނާނީ ކޮން އިތުބާރެއް ހެއްޔެވެ.
ޖުޑިޝަލް އަހަރު ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި އުއްތަމަފަނޑިޔާރު އަބްދުލްގަނީ މުހައްމަދު ވިދާޅުވި ގޮތުގައި އަނިޔާވެރިކަން ނައްތާލުމުގެ މައްޗަށް ތަރުތީބުކުރެވިފައިވާ ބާރަކަށް ޝަރުއީ ކޯޓުތައް ހެދޭނީ ފަނޑިޔާރުގެ އަކީ އެންމެހާ ނުފޫޒުތަކުން އެއްކިބާވެ ތިބެ، މަސައްކަތް ކުރެވޭނެ މިނިވަން މާހައުލެއް ގާއިމްވެފައިވާ ތަނަކަށް ވެގެން ކަމަށެވެ.
އުއްތަމަފަނޑިޔާރުގެ ވާހަކައިން ދޭހަވި އެއްކަމަކީ އަދުލު އިންސާފު ގާއިމް ކުރުމުގެ ބާރަކީ ދައުލަތުގެ ހުރިހާ ބަހާތަކެއްގައި އަދުލުވެރިކަން ގާއިމް ކުރެވޭކަން ކަށަވަރު ކުރުމުގެ މައްޗަށް ތަރުތީބުވެފައިވާ ބާރަކަށް ވާންޖެހުނު ނަމަވެސް އެކަން ނުވާކަމެވެ.
އުއްތަމަފަނޑިޔާރުގެ ވާހަކައިން ދޭހަވީ އަނެއް ވާހަކައަކީ ފަނޑިޔާރުގެއަކީ އެންމެހާ ނުފޫޒުތަކުން އެއްކިބާވެފައިވާ ތަނެއް ނޫންކަމެވެ. ރާއްޖޭގެ ޖުޑިޝަރީ ނިޒާމުގައި މިނިވަން މާހައުލެއް ގާއިމްވެފައި ވާކަމަށްވެސް އުއްތަމަފަނޑިޔާރު ގަބޫލެއް ނުކުރައްވާކަމެވެ.
އަޖައިބެއް ނުވާނެހެއްޔެވެ. ކޯޓްތަކުގެ އިމާރާތް ބައުވުމާއި ދަތިވުމަކީ އަދުލަށް ހުކުން ނުކުރާންވީ ސަބަބެއް ނޫނެވެ. އަދާކުރާ ވަޒީފާއަކީ ކުރާ ޝަރީއަތަށް ނުފޫޒު ފޯރުވަން ޖާގަ ދޭންޖެހޭ ސަބަބެއް ވެސް ނޫނެވެ.
މަޝްހޫރު ގާނޫނީ ވަކީލް އަލީ ހުސައިން ވިދާޅުވާހެން ޖޭއެސްސީ އެކުލަވާލެވިފައި އޮންނަގޮތް ބަދަލު ނުވާހާ ހިނދަކު ރާއްޖޭގެ ޖުޑިޝަރީ މިނިވަނެއް ނުވާނެއެވެ. ރައީސުލްޖުމްހޫރިއްޔާއިން ފެށިގެން ރައްޔިތުންގެ މަޖިލީހާއި ފަނޑިޔާރުންނާއި މުޅި ދައުލަތުގައި ވެސް ޖުޑިޝަރީ މިނިވަން ކުރުމުގެ ހަގީގީ ނިޔަތެއް ނެތެވެ.
ކޯޓުތައް އަދުލުވެރި ނޫންކަމަށް އުއްތަމަފަޑިޔާރުވެސް ގަބޫލުކުރައްވާ!؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ