ބިމާއި ފްލެޓަށް އެދުމުގެ ފުރުސަތު އިތުރުކޮށްފި
ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދި ހުށައެޅުމުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފިއެވެ. ކުރިން މި މުއްދަތު ހަމަވާނެކަމަށް ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ކަނޑައަޅާފައިވަނީ މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ކުރުމާ ބެހޭ ވުޒާރާއިން މިހާރު ވަނީ އެ މުއްދަތު އަންނަ މަހުގެ 31ގެ ނިޔަލަށް އިތުރުކޮށްދީފަ އެވެ.މިއަދު ހައުސިން މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލު އަދި މި އުސޫލުގެ ދަށުން ވަކިން ފޯމު ހުށަހެޅޭ ޚާއްޞަ ކެޓަގަރީތަކުން ފޯމް ހުށަހެޅޭނެ މުއްދަތު އިތުރުކޮށްފައިވާ ކަމަށް ބުނެފައެވެ. އެއީ:ވެށިފަހި މާލެ ނުވަތަ ހިޔާ މަޝްރޫޢުން ފުލެޓު ލިބޭނެކަމުގެ ލިޔުން ލިބި، ފުލެޓު ހަވާލުކޮށްފައި ނުވާ ފަރާތްތަކުން ފުލެޓަށް އެދި ހުށަހަޅާ ޚާއްޞަ ކެޓަގަރީ.ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފުލެޓަށް އެދި ހުށަހަޅާ ޚާއްޞަ ކެޓަގަރީމީގެ އިތުރުން، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބިން ދޫކުރުމުގެ އުސޫލާއި "ބިންވެރިޔާ" ޚާއްޞަ ސްކީމާ ގުޅޭ އުސޫލުގައި ހިމެނޭ ކެޓަގަރީތަކުން ވެސް ފޯމު ހުށަހެޅުމުގެ މުއްދަތު ވަނީ އިތުރުކޮށްފައިވެއެވެ. އޭގެ ތެރޭގައި، "ބިންވެރިޔާ" ޚާއްޞަ ސްކީމް ކެޓަގަރީ އެކެއްގެ ދަށުން ބިންވެރިޔާ ސްކީމުގެ ދަށުން ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅައި ގޯތި ލިބިފައިވާ ފަރާތްތަކަށް ވަކިން ގޯއްޗަށް އެދި ހުށަހެޅުމުގެ ކެޓަގަރީ ހިމެނެއެވެ.މީގެ އިތުރުން "ބިންވެރިޔާ" ހާއްސަ ސްކީމް ކެޓަގަރީ 1 ގެ ދަށުން ބިންވެރިޔާ ސްކީމުގެ ދަށުން ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅައި ގޯތި ލިބިފައިވާ ފަރާތްތަކަށް ވަކިން ގޯއްޗަށް އެދި ހުށަހެޅުމުގެ ކެޓަގަރީ އާއި "ބިންވެރިޔާ" ހާއްސަ ސްކީމް ކެޓަގަރީ 2 ގެ ދަށުން، ބިންވެރިޔާ ސްކީމަށް ފުލެޓެއް އޮތުމުގެ ސަބަބުން ޝަރުތު ހަމަނުވި ފަރާތްތަކުން ފުލެޓް ދޫކޮށް ގޯއްޗަށް އެދި ހުށަހެޅުމުގެ ކެޓަގަރީގެ ދަށުން ހުށަހެޅުމުގެ ފުރުސަތުވެސް އިތުރުކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ