ހޮރްމޫޒް ކަނޑުއޮޅިން އެމެރިކާގެ މަނަވަރުތަކެއް ދަތުރުކުރި ކަމަށް ބުނާ ބުނުން އީރާނުން ދޮގުކޮށްފި

މި ކުރިމަތިލުންތައް ހިނގަމުންދާއިރު، ޕާކިސްތާނުގެ އިސްލާމްއާބާދުގައި އެމެރިކާ އާއި އީރާނާ ދެމެދު ކުރިއަށްދިޔަ މަތީ ފަންތީގެ މަޝްވަރާތަކެއް ވަނީ އެއްބަސްވުމަކަށް ނާދެވި ހުއްޓިފައެވެ. މި ބައްދަލުވުމުގައި އެމެރިކާގެ ވަފުދުގެ އިސްވެރިއަކަށް ހުރީ ޖޭޑީ ވެންސް އެވެ. އީރާނުގެ ފަރާތުން އިސްކޮށް ހުންނެވީ މަޖިލީހުގެ ރައީސް މުޙައްމަދު ބާގިރު ގާލީބާފް އެވެ. މިއީ 1979 ވަނަ އަހަރުގެ ފަހުން ދެ ގައުމުގެ ދެމެދުގައި ބޭއްވޭ އެންމެ މަތީ ފަންތީގެ ބައްދަލުވުމެވެ.
މިކަމާ ގުޅޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނީ، އީރާނުން މިހާރުވެސް ހަނގުރާމައިން ބަލިވެފައިވާ ކަމަށާއި، އެމެރިކާ އިން ކަނޑުއޮޅި ސާފުކުރަނީ ޗައިނާ އާއި ޖަޕާން ފަދަ ގައުމުތަކަށް ކޮށްދޭ އިހުސާންތެރި ކަމެއްގެ ގޮތުގައި ކަމަށެވެ. ޓްރަމްޕް އިތުރަށް ބުނި ގޮތުގައި، އީރާނާއެކު އެއްބަސްވުމަކަށް އާދެވުނަސް ނުވަތަ ނާދެވުނަސް އޭނާއަށް ވަރިހަމަ ކަމަށާއި، އެމެރިކާ އޮތީ މިހާރުވެސް މޮޅުވެފައި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ