ރާއްޖޭގެ އިގްތިސާދު މިހާރު އޮތީ ވެންޓިލޭޓަރުގައި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޕީއެންއެފްގެ ފްރޮންޓް އޮފީހުގެ ޖަލްސާގައި ވާހަކަދައްކަމުން ޔާމީން ވިދާޅުވީ ޑޮލަރުގެ އަގު މިހާރު ހުރީ 20.50ރ. ނުވަތަ 20.30ރ. ކަމަށާއި އިގްތިސާދު މިހާރު އޮތީ ވެންޓިލޭޓަރުގައި ކަމަށެވެ. ނަމަވެސް އިގްތިސާދު ވެންޓިލޭޓަރުން ނަގައި، އިގްތިސާދީ ހަރަކާތްތަކެއް ރާއްޖޭގައި ހިނގާނަމަ ޑޮލަރުގެ އަގު ހުންނާނީ 20.50ރ. ނޫން ކަމަށާއި އެއަށް ވުރެ މާ އަގުބޮޑުވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.
"މިއަދު ހަރަކާތްތަކެއް ނުހިނގާ. ހުރިހާ ވިޔަފާރިތަކެއް ބަންދު. ރިއަލް އެސްޓޭޓެއް ނުހިނގާ، އެހެން ބޮޑު ކަމެއް ނުހިނގާ،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ އިގްތިސާދީ ހަރަކާތްތައް ނުހިނގާއިރު މިހާރު ޑޮލަރު ބޭނުންވަނީ މަދު ކަމެއްގައި ކަމަށާއި ޑޮލަރުގެ އަގު 20ރ. ގައި ހުރީ އެހެންވެގެން ކަމަށެވެ. އަދި އިގްތިސާދީ ކަންކަމުގައި ރައްޔިތުންނަށް ދޮގު ހަދައި އޮޅުވާލާނަމަ، ދައުލަތުގެ ވެރިކަމެއް ބަދަލުވުމަކީ ރައްޔިތުން އެންމެ އެދޭނެ އަދި އެކަން އެގޮތަށް ރައްޔިތުން ކުރާނެ ކަމެއް ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.
މީގެއިތުރުން އެހެން ކަންކަމުގައި ވެސް ރައްޔިތުންނަށް އުނދަގޫވާ ގޮތަށް ކަންތައްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރާނަމަ ރައްޔިތުންނަށް އެ ތަކުލީފު ނުއުފުލޭނެ ކަމަށާއި ދުނިޔޭގެ ބައެއް އެހެން ގައުމުތަކުން ވެސް އެކަން ފެންނަމުންދާ ކަމަށް ޔާމީން ވިދާޅުވި އެވެ.
ރާއްޖޭގެ އިގްތިސާދު މިހާރު އޮތީ ވެންޓިލޭޓަރުގައި: ޔާމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ