މާލޭގެ ގެއެއްގެ މަތިން މީހަކު ވެއްޓި، އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ، މާފަންނު ސަބުދެލިމަގުގައި ހުންނަ ގެއެއްގެ މަތިން މީހަކު ވެއްޓިފައިވާ ކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދު އިރުއޮއްސި 18:20 ހާއިރު ކަމަށެވެ. މި ހާދިސާ ހިނގުމާއެކު، އެ މީހާ ވަނީ ވަގުތުން އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށާފައެވެ.
މި ހާދިސާގައި އަނިޔާވެގެން ފަރުވާދެމުންދާ މީހާގެ އެއްވެސް ވަނަވަރެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. އެހެންކަމުން އެއީ ދިވެއްސެއް ކަމެއް ނުވަތަ ބިދޭސީއެއްކަމެއް އަދި އެއީ ކޮން އުމުއުމުރެއްގެ މީހެއްކަމެއް ސާފެއްނުވެއެވެ.
މާލޭ ގެއެއްގެ މަތިން މީހަކު ވެއްޓިގެން ފަރުވާދޭން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ