ފުލުހުންނަށް އެހީތެރިކަން ފޯރުކޮށްދޭން މީރާގެ މުވައްޒަފުން ތަމްރީނުކޮށްފި

ދިވެހި ފުލުހުންގެ ޚިދުމަތުގެ ޑްރަގް އެންފޯރސްމެންޓުން އިސްނަގައިގެން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އާ ގުޅިގެން ކުރިއަށް ގެންދިޔަ ކެޕޭސިޓީ ބިލްޑިންގް ތަމްރީނު ޕްރޮގްރާމެއް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި ތަމްރީނުގައި މައިގަނޑު ގޮތެއްގައި ކިޔަވައިދީފައި ވަނީ މީރާގެ ގާނޫނާއި ގަވާއިދުގެ ތެރެއިން ތަހުގީގާ ގުޅުން ހުރި މަސައްކަތްތަކާއި، ޓެކްސްއާ ގުޅުން ހުރި ރިކަވަރީ އަދި އެންފޯސްމެންޓްގެ ބައިތަކެވެ. އަދި އޮޑިޓް ކުރުމާއި، އޮބްޖެކްޝަން އަދި އޮފެންސްގެ މައުލޫމާތުގެ އިތުރުން ރާއްޖޭގައި ނެގޭ އެކި ބާވަތުގެ ޓެކްސްތަކާ ބެހޭ މައުލޫމާތު ބައިވެރިންނަށް ވަނީ ފޯރުކޮށްދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ