އެސްޕަޔާ/ރިނޯން ފްލެއާ ޗެމްޕިއަންޝިޕް: ދުވާފަރާއި އެޑްވެންޗާސް އަދި ރިނޯން ފައިނަލަށް އެސްޕަޔާ/ރިނޯން ފްލެއާ ޗެމްޕިއަންޝިޕް: ދުވާފަރާއި އެޑްވެންޗާސް އަދި ރިނޯން ފައިނަލަށް

ސްރީ ލަންކާގައި މިހާރު ކުރިއަށްދާ އެސްޕަޔާ / ރިނޯން ފްލެއާ ޗެމްޕިއަންޝިޕްގެ 10 އަހަރާއި 12 އަހަރުން ދަށުގެ ދެ ކެޓަގަރީގެ ފައިނަލުން ރ. ދުވާފަރު އެކަޑަމީން ޖާގަ ހޯދިއިރު، ފައިނަލުގެ އަނެއް ޖާގަތައް އެޑްވެންޗާސް ފުޓްބޯލް އެކަޑަމީ އާއި ސްރީ ލަންކާގެ ރިނޯން އިން ހޯދައިފި އެވެ.
ރާއްޖޭގެ ފަސް އެކަޑަމީ އަކާއި ލަންކާގެ އަށް އެކަޑަމީއެއް، ހަތަރު އުމުރުފުރާ (8 އަހަރުން ދަށް، 10 އަހަރުން ދަށް، 12 އަހަރުން ދަށް އަދި 14 އަހަރުން ދަށް) ކެޓަަރީތަކުގައި އެކި ޓީމުތައް މި މުބާރާތުގައި ވާދަކުރެ އެެވެ.
މުބާރާތުގެ ފޯމެޓް ރޭވިފައި އޮތް ގޮތުން، ގްރޫޕް ސްޓޭޖުގެ މެޗުތައް ނިމި، އެއް ވަނަ އާއި ދެ ވަނަ ޓީމު ހޮވޭނީ ކަޕް، މުބާރާތުގެ ސެމީ ފައިނަލަށެވެ. އަދި، ތިން ވަނަ އާއި ހަތަރު ވަނަ ޓީމުތައް ކުޅޭނީ ޕްލޭޓް މުބާރާތުގެ ސެމީ ފައިނަލުގަ އެވެ.
އެ ގޮތުން، 10 އަހަރުން ދަށް ކެޓަގަރީގައި، ކަޕް ސެމީ ފައިނަލުގައި ރ. ދުވާފަރު އެކަޑަމީން ވަނީ 1-0 އިން ލަންކާގެ ޖާވާ ލޭން ބަލިކޮށްފަ އެެވެ. އަނެއް ސެމީ ފައިނަލުގައި އެސްޕަޔާ ފުޓްބޯލް އެކަޑަމީ އަތުން ރިނޯން މޮޅުވީ 1-0 އިންނެވެ. މި އުމުރުގެ ކަޕް ފައިނަލުގައި، ދުވާފަރުން މިއަދު 4 ޖަހާއިރު ކުޅޭނީ ރިނޯންއާ އެވެ. އަދި، ޕްލޭޓް ފައިނަލުގައި، ލަންކާގެ ކޫރޭ އިން ކުޅޭނީ ފ. މަގޫދޫ ސްޕޯޓްސް އެކަޑަމީއާ އެވެ. ކޫރޭ އިން ފައިނަލަށް ދިޔައީ ޓީއެސްއޭ އަތުން 2-1 އިން މޮޅުވެގެންނެވެ. އަދި، މަަގޫދޫ ވަނީ 6-1 އިން ފުޓްބޯލް ލެބް ބަލިކޮށްފަ އެވެ.
ބާރަ އަހަރުން ދަށުގެ ކަޕް ކެޓަގަރީގެ ސެމީ ފަައިނަލުގައި، ރާއްޖޭގެ އެޑްވެންޗާސް އެކަޑަމީން ވަނީ ލަންކާގެ ރިނޯން 3-0 އިން ބަލިކޮށްފަ އެވެ. އަދި، އެސްޕަޔާ ފުޓްބޯލް އެކަޑަމީ އަތުން ރ. ދުވާފަރު އެކަޑަމީ މޮޅުވީ 3-0 އިންނެވެ. ޕްލޭޓް ކެޓަގަރީ ސެމީގައި ރާއްޖޭގެ ބީޖީ ސްޕޯޓްސް ކްލަބް އެކަޑަމީން ވަނީ 1-0 ލަންކާގެ ހިލްސް ފުޓްބޯލް އެކަޑަމީ އަތުން މޮޅުވެފަ އެވެ. އަދި، ލަންކާގެ ސައުންޑާސް އިން އެ ގައުމުގެ ފުޓްބޯލް ލެބްް އަތުން ވަނީ ޕެނަލްޓީ ޖަހައިގެން މޮޅުވެފަ އެވެ.
މި އުމުރުފުރާގެ ކަޕް ފައިނަލުގައި، މިއަދު ހަވީރު ހަތަރެއް ޖަހާއިރު އެޑްވެންޗާސް އިން ކުޅޭނީ ދުވަފަރާ އެވެ. އަދި، ޕްލޭޓް ފައިނަލުގައި ބީޖީން ބައްދަލުކުރާނީ ސައުންޑާސްއާ އެވެ.
އަށް އަހަރުން ދަށުގެ އުމުރުފުރާގައި ލީގު ބުރެއް ކުޅޭއިރު، ފައިނަލަށް ދިޔައީ އެސްޕަޔާ އާއި ރިނޯން އެވެ. ފައިނަލް މެޗު އޮތީ މިއަދު ތިނެއް ޖަހާއިރު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ