ހަރަދުތައް ކުޑަކުރަން މިފްކޯގެ ރަސްމީ ގަޑި ކުރުކޮށްފި
މި ދަނޑިވަޅުގައި ކުންފުނީގެ ހަރަދުތައް ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުން މިފްކޯގެ ރަސްމީ މަސައްކަތުގެ ގަޑި ކުރުކޮށްފި އެވެ.ސަރުކާރުގެ މަސް ކުންފުނިން ބުނީ ރަސްމީ މަސައްކަތު ވަގުތުން މިހާރު ދެ ގަޑިއިރު މަދުކުރަން ނިންމާފައިވާ ކަމަށެވެ.މިފްކޯ އިން މިފަދަ ފިޔަވަޅެއް އަޅަން ނިންމީ މެދުއިރުމަތައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް އަންނަ ހީނަރުކަމުގެ ސަބަބުންނެވެ.މިފްކޯ އިން ބުނީ އެ ކުންފުނީގެ ރަސްމީ މަސައްކަތުގެ ގަޑިއަށް ބަދަލުތަކެއް ގެނައީ މުވައްޒަފުންނަށް ދަތި ނުވާނެ ގޮތަށް ބަލައިގެން ކަމަށެވެ.އެގޮތުން ރަސްމީ މަސައްކަތު ގަޑި ހެނދުނު 08:00 އިން 4:00 އަށް ކުރިން އޮތް ނަމަވެސ،ް ރަސްމީ ގަޑި ދެން ނިމޭނީ މެންދުރުފަހު 2:00 އަށެވެ.ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލިފައިވާތީ ގިނަ ގައުމުތަކުން އަންނަނީ ހަރަދު ކުޑަކުރުމަށް މަސައްކަތު ވަގުތު ކުރުކޮށް، މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރާނެ އިންތިޒާމު ހަމަޖައްސަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ