ކުރިން ލިބިފައިވާ ފްލެޓާއި ގޯތި ދޫކޮށްލާފައި އަލުން ކުރިމަތިލާ މީހުންނަށް 'ބިންވެރިޔާ ހާއްސަ ސްކީމާ ގުޅޭ އުސޫލު' އިން ކެޓަގަރީއެއް ހާއްސަކޮށް، އެ ކެޓަގަރީގެ ބޯހިޔާވަހިކަމަށް ކުރިމަތިލާން އަންނަ މަހު ހުޅުވާލާނެ ކަމަށް ހައުްސިން މިނިސްޓްރީން ރޭ ބުނެފި އެވެ.
ވީ ކިހިނެއް؟ - ކުރިން ލިބިފައިވާ ފްލެޓާއި ގޯތި ދޫކޮށްލާފައި އަލުން ކުރިމަތިލާ މީހުންނަށް ހާއްސަ ކެޓަގަރީއެއް ހިމަނައި 'ބިންވެރިޔާ ހާއްސަ ސްކީމާ ގުޅޭ އުސޫލު' އިސްލާހުކޮށް އިއްޔެ ވަނީ އާންމުކޮށްފި އެވެ. އެހެންކަމުން ހާއްސަ ސްކީމުގައި ތިން ކެޓަގަރީއެއް މިހާރު ވަނީ ހިމަނާފަ އެވެ. އެއީ:
ކެޓަގަރީ 1: ބިންވެރިޔާ ސްކީމުގެ ދަށުން ޖޮއިޓް އެޕްލިކޭޝަން ހުށަހަޅައި ގޯތި ލިބިފައިވާ މީހުން
ކެޓަގަރީ 2: ސަރުކާރުން ހިންގާފައިވާ އަސާސީ ބޯހިޔާވަހިކަމުގެ ސްކީމަކުން ފުލެޓެއް ލިބިފައި އޮވެގެން ބިންވެރިޔާ ސްކީމަށް ކުރިމަތި ނުލެވުނު މީހުން
ކެޓަގަރީ 3: ބިންވެރިޔާ ސްކީމްގެ ދަށުން ލިބުނު ގޯތި ދޫކޮށް ފުލެޓަށް އެދޭ ސިންގަލް އެޕްލިކޭޝަނެއް ހުށަހެޅި މީހުން ނުވަތަ ގޯތި ދޫކޮށް ވަކިން ގޯއްޗާއި ފްލެޓަށް އެދޭ ޖޮއިންޓް އެޕްލިކޭޝަން ހުށަހެޅި މީހުން
ތަފްސީލް - މި އުސޫލަށް ބޯހިޔާވަހިކަން ދޫކޮށްލާ މީހުންގެ ކެޓަގަރީ އިތުރުކޮށް ރޭ ނެރުނު އުސޫލުގައި ވާގޮތުން، އެ ކެޓަަގަރީގެ ދަށުން ބޯހިޔާވަހިކަމަށް ހުށަހެޅޭނީ، ވަކިން ނުވަތަ ޖޮއިންޓް އެޕްލިކޭޝަނަކުން ކުރީ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗާއި ފްލެޓު ލިބިފައިވާ މީހުން، އެތަންތަން ދޫކޮށްލުމަށް އެއްބަސްވެ، ވަކިވަކިން ނެވެ.
މި އުސޫލުގައިވާ ގޮތުން މި ކެޓަގަރީގައި:
ގޯތި ދޫކުރަނީ ރަސްމާލެއިން އަދި ފްލެޓު ދޫކުރާނީ ގްރޭޓާ މާލެ ސަރަހައްދުން
ފްލެޓުތައް ދޫކުރާނީ އެފޯޑަބަލް ހޯމް އޯނާޝިޕް މޯޑެލްގައި އެއްފަހަރާ ފައިސާ ދައްކާގޮތަށް އަދި ރެންޓް ޓު އޯން މޮޑެލްގައި މަހުން މަހަށް ފައިސާ ދައްކައިގެން މިލުކުކުރެވޭ ގޮތަށް
ރެންޓު އޯން މޮޑެލަށް ޝަރުތު ހަމަވާނީ ކޮންމެ މަހެއްގެ އާންމުދަނީއަށް 60،000ރ.އަށް ވުރެ މަދުން ލިބޭނަމަ
ޖޮއިންޓުކޮށް ހުށަހަޅަައިގެން ބޯހިޔާވަހިކަން ލިބުނު އެންމެން ކުރީގެ ގޯއްޗާއި ފްލެޓު ދޫކޮށްލަން އެއްބަސްވެ، ވަކިވަކިން އެޕްލިކޭޝަން ހުށަހަޅަންޖެހޭނެ، ނޫންނަމަ ދެން ހުށަހެޅި މީހާގެ އެޕްލިކޭޝަން ބާތިލުވާނެ
ހައުސިން މިނިސްޓްރީން ރޭ ކުރި އިއުލާނުގައިވާ ގޮތުން، މި ކެޓަގަރީން، ގޯއްޗާއި ފްލެޓަށް ކުރިމަތިލާން ހުޅުވާލާނީ، އަންނަ މަހުގެ 10ގަ އެވެ. ކުރިމަތިލުމުގެ ސުންގަޑި ހަމަވާނީ 31 މޭގެ ނިޔަލަށެވެ.
ކުރީގެ ފްލެޓާއި ގޯތި ދޫކޮށްލާ މީހުން އަލުން ކުރިމަތިލާން އަންނަ މަހު ހުޅުވާލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ