ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމަށް އައްޔަންކުރި ހުސެއިން ޝާހިދާއިި، ސިވިލް ކޯޓުގެ އިސް ގާޒީ ކަމަށް އައްޔަން ކުރި މަރްޔަމް ވަހީދާއަށް މަގާމުގެ ލިޔުން ހަވާލުކޮށްފިއެވެ.
މި ދެ ފަނޑިޔާރުންނަށް މަގާމުގެ ފަތްކޮޅު އެރުވުމަށް އިއްޔެ ވަނީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. އެ ރަސްމިއްޔާތުގައި ގާޒި ޝަހީދަށާއި، މަރިޔަމް އަށް ފަތްކޮޅު ހަވާލުކޮށްދެއްވީ ޖޭއެސްސީގެ ރައީސާއި އަލްއުޒްތާދާ ހިސާން ހުސެއިންނެވެ.
އައްޑޫ ސިޓީ ފޭދޫއަށް ނިސްބަތްވާ މަރިޔަމް އަކީ މިހާތަނަށް ސިވިލް ކޯޓުގެ އިސް ގާޒީ ކަމަށް އައްޔަން ކުރެއްވި ފުރަތަމަ އަންހެން ފަނޑިޔާރެވެ. އޭނާ ވަނީ ވިލާ ކޮލެޖުން ގާނޫނީ ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލްކުރައްވާފައެވެ. މީގެ ކުރިން މަރިޔަމް ފުރުއްވާފައިވާ މަގާމުތަކުގެ ތެރޭގައި ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ގާޒީ ކަމަށާއި، ކ. ގާފަރު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަން ހިމެނެއެވެ.
ގާޒީ ޝަހީދަކީވެސް އައްޑޫ ސިޓީއަށް ނިސްބަތްވާ ބޭފުޅެކެވެ. ހިތަދޫއަށް އުފަން ޝަހީދު ވަނީ ޤާނޫނީ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލް ކުރައްވާފައެވެ. އަދި އައްޑޫ ފޭދޫ މެޖިސްޓްރޭޓް ކޯޓާއި، ނ. ހޮޅުދޫ މެޖިސްޓްރޭޓް ކޯޓޫގެ މެޖިސްޓްރޭޓް ކަމަށާއި، ކްރިމިނަލް ކޯޓުގެ ގާޒީކަންވެސް އޭނާ އަދާކުރައްވާފައިވެއެވެ.
ހައި ކޯޓާއި ސިވިލް ކޯޓުގެ އިސް ގާޒީ އަށް ފަތްކޮޅުދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ