މުޅި ހަފުތާ މެދުއަތޮޅުތަކާއި ދެކުނަށް މޫސުން ގޯސް، ކަނޑުތައް ގަދަ

ކުރިއަށް އޮތް 24 އޮތް ގަޑިއިރު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް އާދައިގެ ވަރަކަށް ވައިގަދަވެ، ވިއްސާރަވާނެ ކަމަށް ލަފާކުރެވޭތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިން އިލްތިމާސް ކުރޭ
މިހަފުތާ އެއްކޮށް މެދުއަތޮޅުތަކާއި ދެކުނުގެ އަތޮޅުތަކަށް ވިއްސާކޮށް، ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފި އެވެ.
މޫސުމާބެހޭ ގައުމީ އިދާރާ -- މެޓް އޮފީހުގެ އޮފިޝަލަކު "މި" ނޫހަށް މިއަދު ވިދާޅުވީ މެދުއަތޮޅުތަކާއި ދެކުނުގެ އަތޮޅުތަކަށް މުޅި ހަފުތާ ގައި ވަރަށް ބޮޑަށް ވިއްސާރަ ކުރުމާ އެކު ވައިގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށެވެ.  "މެދުއަތޮޅުތަކާއި ދެކުނުގެ އަތޮޅުތަކަށް މި ހަފުތާ ދައްކަނީ ވަރަށް ވިއްސާރަކޮށް. ވައި ގަދަވެ ކަނޑުތައް ގަދަވާނެ. އަދި ހަފުތާގެ ފަހުކޮޅު އެ ސަރަހައްދުތަކުގެ ވަޔާއި ކަނޑުތައް ވަރަށް ގަދަވާނެ،" އޭނާ ވިދާޅުވި އެވެ. އޮފިޝަލް ވިދާޅުވީ މޫސުން ލަފާ ކުރާ ގޮތުނ މި އަތޮޅުތަކަށް ހަފުތާގެ ފަހު ދުވަސްތަކުގައި ދަތުރުކުރުން ރައްކާތެރި ނޫން ކަމަށެވެ.ކުރިއަށް އޮތް 24 ގަޑިއިރުގެ މޫސުމަށް ބަލާއިރު ރާއްޖޭގެ އެކި ހިސާތުތަކަށް ވިއްސާރަ ކުރާނެ އެވެ. އަދި ބައެއް ރަށްރަށަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ އެވެ.މިހާރު ރާއްޖެއަށް ކުރަމުން ދަނީ ހުޅަނގު މޫސުމުގެ ވިއްސާރަކަން ފާހަގަ ކުރަވައި އޮފިޝަލް ވިދާޅުވީ އެއްވެސް ރަށަކަށް އުދައިގެ އަސަރުކޮށްފާނެ ކަމަށް ލަފާ ނުކުރެވޭނެ ކަމަށެވެ.ކުރިއަށް އޮތް 24 އޮތް ގަޑިއިރު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް އާދައިގެ ވަރަކަށް ވައިގަދަވެ، ވިއްސާރަވާނެ ކަމަށް ލަފާކުރެވޭތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސް ކުރެ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ