އެ މީހާގެ ބޯމަތީން ދިޔަ ސައިކަލު ދުއްވީ 60 އަހަރުގެ ދިވެހި އަންހެނެކެވެ.
ސިނަމާލޭ ބްރިޖް ހައިވޭގައި ހުޅުމާލެއިން މާލެއަށް އަންނަ ލޭނުގައި ބަހައްޓާފައި ހުރި ކޯނެއްގައި ޖެހި އެކްސިޑެންޓްވެ މީހަކު މަރުވި މައްސަލައިގެ ތަހުގީގު ނިންމާ މައްސަލަ ޕީޖީ އޮފީހަށް ފޮނުވަން ތައްޔާރު ވެއްޖެ އެވެ.
މީގެ ނުވަ ދުވަސްކުރީން ހިނގި އެކްސިޑެންޓް ގައި މަރުވެފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ފިރިހެނެކެވެ.އެކްސިޑެންޓް ހިނގާފައި ހުޅުމާލޭން މާލެ އަންނަ ލޭނުގެ ސޯލާ ޕެނަލްތައް ކައިރީގައި މަސައްކަތް ކުރާކަން އަންގައިދިނުމަށް ބަހައްޓާފައި ހުރި ކޯނެއްގައި ސައިކަލަކުން ޖެހިގެންނެވެ.އެކްސިޑެންޓް ވެފައި ވަނިކޮށް ބާރު ސްޕީޑްގައި ދުއްވާފައި އައި ސައިކަލެއް އެމީހާގެ ބޯމަތިން ދިޔަ އެވެ. އެމީހާ މަރުވީ އެ އަނިޔާވެސް ލިބިފައި ވަނިކޮށެވެ.އެ މީހާގެ ބޯމަތީން ދިޔަ ސައިކަލު ދުއްވީ 60 އަހަރުގެ ދިވެހި އަންހެނެކެވެ. އެ މައްސަލާގައި ބަޔާނެއް ނެރެ ފުލުހުން ބުނީ އެކްސިޑެންޓްވީ ވަގުތު ފަހަތުން އައި އެހެން ސައިކަލަކުން އެ މީހާގެ ބޮލާ ދިމާލުގައި ޖެހޭ މަންޒަރު ހާދިސާގެ ސީސީޓީވީ ފުޓޭޖު ދިރާސާކުރުމުން ފެންނަ ކަމަށެވެ. މަރުވި މީހާގެ ގައިގައި ޖެހުނު ސައިކަލު ދުއްވި މީހާ އެކްސިޑެންޓް ވުމުން އެތަނުގައި މަޑުކުރި ކަމަަށާ އެ ސައިކަލު ދުއްވި ދުވެލި ދެނެގަތުމަށް ތަހުގީގުގެ ތެރެއިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ބުނީ އޭނާގެ ލައިސަންސް ވެސް ހިފަހައްޓާފައިވާ ކަމަށެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ހައިވޭ އެކްސިޑެންޓްގައި މީހަކު މަރުވުން: ތަހުގީގު ނިންމާ ޕީޖީއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ