ރައްޔިތުންގެ މަޖިލީހުގެ 18 ވަނަ ދައުރުގައި ގައްދޫ ދާއިރާ ތަމްސީލުކުރެއްވި މެންބަރު އަޙްމަދު ރަޝީދު މިއަދު ނިޔާވެއްޖެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އަޙްމަދު ރަޝީދު ނިޔާވެފައިވަނީ ކެންސަރު ބައްޔަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.
މަރްޙޫމްގެ ޖަނާޒާގެ ކަންތައް މިއަދުގެ މަޣްރިބު ނަމާދަށްފަހު ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
އެމަނިކުފާނު ވަނީ ގައްދޫ ދާއިރާގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ދުވަސްވަރު ދާއިރާގެ ރައްޔިތުންނަށް އަގުހުރި މަސައްކަތްތަކެއް ކޮށްދެއްވާފައެވެ.
ގައްދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ރަޝީދު ނިޔާވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ