މީޑިއާ ކައުންސިލުގެ ވަފުދެއް ސެމިނަރ ދަތުރެއްގައި ބެއިޖިންގ އަށް ފުރައިފި އިތުރު ތަކުލީފަކާއި ނުލާ ފާމަސީތަކުން ބޭސް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް މަޝްވަރާކޮށްފި އޭއޯ ރޯދައިގެބަދިގެ: ސޮސެޖް ޗީޒް ޕަފް އޭއޯ 7 ވަނަ މަދަޙަ މުބާރާތުގެ 1 ވަނަ އައިޝަތު ލަޢާލީ

ރަމަޟާންމަހުގެ ފަހު 10 އެއް ސަރުކާރު ބަންދުވި ނަމަވެސް، އާއްމު ވިޔަފާރިތަކަށް ދަތިނުވާ ގޮތަށް އިކޮނޮމިކް މިނިސްޓްރީގެ ހިދުމަތްތައް ދެމުންގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.
މިނިސްޓްރީން ބުނީ ރަމަޟާންމަހު ފަހު ދިހައަކާ ގުޅިގެން ސަރުކާރު ބަންދުވާ ދުވަސްތަކުގައި އެ މިނިސްޓްރީގެ ހިދުމަތްތައް މެދުނުކެނޑި ދެވޭނެ އިންތިޒާމުތަކެއް ހަމަޖެހިފައިވާކަމަށެވެ.
އެގޮތުން ވިޔަފާރިއާ ބެހޭ ހިދުމަތްތައް ވަންގަވް އަދި ބިޒްނަސް ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ހުކުރު، ހޮނިހިރު ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 09:30 އިން 11:30 ގެ ނިޔަލަށް ޕްރޮސެސް ކުރުން ކުރިއަށް ގެންދާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި މި މުއްދަތުގެ ތެރޭގައި ހިދުމަތަށް ދެމުންދާ މިންވަރު އިތުރުވެއްޖެ ނަމަ، މިނިސްޓްރީން އާންމުކޮށްފައިވާ ސާވިސް ޕްރޮސެސިން ގަޑިތަކަށް ބަދަލު އަންނާނެކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.
މީގެ އިތުރުން މިނިސްޓްރީން ބުނީ ބައްދަލުކުރަން ބޭނުންވާ ފަރާތްތަކަށް އޮންލައިންކޮށް ބައްދަލުވުންތައް ބޭއްވުމުގެ އިންތިޒާމް ހަމަޖެހިގެންދާނެކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ