ކޯޓުން އެކަން ނުކުރުމަށް އަމުރުކޮށްފައި ވަނިކޮށް، އެމެރިކާގައި ތިބި ވެނެޒުއެލާގެ 200އަށް ވުރެ ގިނަ ހިޖުރުވެރިން އަނބުރާ ގައުމަށް ފޮނުވާލައިފި އެވެ.
ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އެ މީހުން ފޮނުވާލީ އެ މީހުންނަކީ ގޭންގަކަށް ނިސްބަތްވާ ބައެއް ކަމަށް ތުހުމަތުކޮށެވެ.
އެ ހުކުމް އިއްވި އިރު ފްލައިޓް އޮތީ ވައިގެ ތެރޭގަ އެވެ.
އެމެރިކާގެ ޑިސްޓްރިކްޓް ފަނޑިޔާރު ޖޭމްސް އީ ބޯސްބާގް ހޮނިހިރު ދުވަހު ނެރުއްވި އަމުރެއްގައި ބުނެފައިވަނީ އެ މީހުން އަނބުރާ ގައުމަށް ފޮނުވާލުން ވަގުތީ ގޮތުން ހުއްޓުވަން އެދިފަ އެވެ.
ނަމަވެސް ވަކީލުން އޭރު ވިދާޅުވަމުން ދިޔައީ އޭރު ވެސް ހިޖުރަވެރިންނާ އެކު ދެ މަތިންދާބޯޓެއް ވައިގެ ތެރޭގައި ދަތުރު ކުރަމުންދާ ކަމަށެވެ. އެއް ބޯޓު ދަތުރުކުރީ އެލްސެލްވަޑޯ އަށެވެ. އަނެއް ބޯޓު ހޮންޑޫރަސް އަށެވެ.
ބޯސްބާގް އަނގަބަހުން އަމުރުކުރެއްވީ މަތިންދާބޯޓުތައް އަނބުރާ ޖެއްސުމަށެވެ. ނަމަވެސް ހުކުމުގެ ލިޔުމުގައި އެ ބައި ހިމަނާފައެއް ނުވެ އެވެ.
ވައިޓް ހައުސްގެ ތަރުޖަމާނު ކަރޯލީން ލީވިޓް އާދީއްތަ ދުވަހު ނެރުއްވި ބަޔާނެއްގައި ވަނީ ޓްރަމްޕްގެ ސަރުކާރުން ކޯޓު އަމުރަކާ ހިލާފުވާ ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވައިފަ އެވެ. އޭނާ ވިދާޅުވީ ސަރުކާރުން ކޯޓު އަމުރަކާ އެއްގޮތަށް އަމަލު ކުރަން ދެކޮޅު ހަދާފައި ނުވާނެ ކަމަށެވެ.
ނަމަވެސް، އެ އަމުރުގައި ގާނޫނީ އެއްވެސް އަސާސެއް ނެތް ކަމަށް ކަރޯލީން ވިދާޅުވި އެވެ. އަދި އަމުރު ނެރުނު އިރު 'ޓެރަރިސްޓް ޓީޑީއޭ އޭލިއަނުން' އެމެރިކާގެ ސަރަހައްދުގައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
ވެނެޒުއެލާގެ 200އަށް ވުރެ ގިނަ މީހުން އެމެރިކާއިން ޑީޕޯޓްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ