މިހާރު ކުރިއަށްދަ "މައިލޯ ރަމަޒާން ހާފުކޯޓް ނެޓްބޯޅަ ޗެލެންޖް 2025" ގައި ހޯމަ ދުވަހުގެ ރޭ ކުޅެވުނު މެޗުތަކަށްފަހު ޖޫނިއަރ ޑިވިޝަންގެ އެއްވަނަ ޓީމުގެ ގޮތުގައި ހައި ފްލަޔާސް ފައިނަލުން ޖާގަ ހޯދައިފިއެވެ.
މުބާރާތުގައި ރޭ ވެސް ހަތް މެޗު ކުޅެފައިވާއިރު، ޖޫނިއަރ ޑިވިޝަންގައި އެޓޭކާސް އާއި ހައި ފްލަޔާސް ވާދަކުރި މެޗު 11-3 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ހައި ފްލަޔާސް އެވެ. އަދި މިނަތީޖާއެކު ލީގުބުރުގައި ކުޅުނު ހަތަރު މެޗުން އެޓީމަށް ވަނީ 12 ޕޮއިންޓް ލިބިފައެވެ.
ސީނިއަރ ޑިވިޝަންގައި ރޭ ކުޅުނީ އެންމެ މެޗެކެވެ. އެމެޗުގައި ފަލްކަންސް އިން ވަނީ 14-11 ގެ ނަތީޖާއަކުން ވޯރިއާސް ބަލިކޮށްފައެވެ. މިއާއެކު ލީގުބުރުގައި ކުޅުނު ހަތަރު މެޗުން ވެސް ބަލިވެ ވޯރިއާސް ވަނީ މުބާރާތުން ކަޓާފައެވެ.
Advertisement
މީގެ އިތުރުން މުބާރާތުގެ އޯޕަން ކެޓަގެރީގައި ރޭ ފަސް މެޗު ކުޅެފައިވާއިރު، ފުރަތަމަ މެޗުގައި ނެޓް އެޓޭކާސް އިން ވަނީ 18-12 ގެ ނަތީޖާއަކުން ޑްރަގަންސް ބަލިކޮށްފައެވެ. އަދި ދެވަނަ މެޗުގައި ލޮރެންސޯ އަތުން 7-11 ގެ ނަތީޖާއަކުން ކުއީންސް މޮޅުވިއިރު، ތިންވަނަ މެޗުގައި ނެޓާސް އިން ވަނީ 11-5 ގެ ނަތީޖާއަކުން ޑީއެޗްއޭއެޗް އެސްސީ ބަލިކޮށްފައެވެ.
އޯޕަން ކެޓަގެރީގައި ރޭ ކުޅުނު ހަތަރުވަނަ މެޗުގައި ލޮރެންސޯ އަތުން 14-17 ގެ ނަތީޖާއަކުން ފާސްޓް ފައިވް މޮޅުވިއިރު، ފަހު މެޗުގައި ޑްރަގަންސް އިން ވަނީ 4-22 ގެ ތަފާތުބޮޑު ނަތީޖާއަކުން ޑީއެޗްއޭއެޗް އެސްސީ ބަލިކޮށްފައެވެ.
ރޭގެ މެޗުތަކާއެކު މުބާރާތުގެ އޯޕަން ކެޓަގެރީގެ ލީގުބުރުގެ ކުޅުން ނިމިފައިވާއިރު، ލީގުބުރުގެ ގަދަ ހަތަރު ޓީމުގެ ގޮތުގައި ނެޓް އެޓޭކާސް، ޑްރަގަންސް، ފާސްޓް ފައިވް އަދި ކުއީން ވަނީ މުބާރާތުގެ ސެމީފައިނަލުން ޖާގަހޯދާފައެވެ.
13 މާރިޗު 2025 އިން 19 މާރިޗު 2025 ގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގައި ތިން ކެޓަގަރީއަކުން ޖުމްލަ 17 ޓީމަކުން ބައިވެރިވެފައިވާއިރު، އޭގެތެރޭގައި ހިމެނެނީ ޖޫނިއާ ފަސް ޓީމައި ސީނިއަރ ފަސް ޓީމުގެ އިތުރުން އޯޕަން ކެޓަގެރީގައި ވާދަކުރާ ހަތް ޓީމެވެ.
މުބާރާތުގެ ތިން ކެޓަގެރީގެ މެޗުތައް ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ލީގު އުސޫލުންނެވެ. އެގޮތުން ޖުނިއާރ އަދި ސީނިއަރ ކެޓަގެރީގެ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމު ފައިނަލަށް ހޮވޭއިރު، އޯޕަން ކެޓަގެރީގެ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅުމަށްފަހު ލީގުބުރުގެ ގަދަ ހަތަރު ޓީމުގެ މެދުގައި ސެމީފައިނަލް ދެމެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ، ލީގުބުރުގެ އެއްވަނަ ޓީމުގެ ގޮތުގައި ހައި ފްލަޔާސް ފައިނަލުން ޖާގަ ހޯފައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ