ރަށްރަށުގެ މަލަމަތީގައި އިންދުމަށް ހައިވަކަރު ގަސްތައް ބަހަން ފަށައިފި

ރާއްޖޭގެ ރަށްރަށުގެ މަލަމަތީގައި އިންދުމަށް ހަމަޖެހިފައިވާ ހައިވަކަރު ގަސްތައް ފަތުރުވެރިކަމާއި ތިމާވެއްޓާއިބެހޭ ވުޒާރާއިން މިއަދު ބަހަން ފަށައިފިއެވެ. މިއީ ރައީސް ޑރ.މުޢިއްޒުގެ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ބައެއްގެ ގޮތުގައި ކުރިއަށްގެންދާ މަސައްކަތެކެވެ.
ވުޒާރާގެ ބަޔާނެއްގައި ބުނެފައިވާ ގޮތުން، މި ޕްރޮގްރާމްގެ ދަށުން ފުރަތަމަ ފިޔަވަހީގައި ރާއްޖޭގެ ހުރިހާ އެއަރޕޯޓަކަށް ހައިވަކަރު ގަސް ފޮނުވައި، އެތަންތަނުގައި އިންދުމުގެ މަސައްކަތް ފަށާފައިވެއެވެ. އަދި ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅޭ ރަށްރަށަށް މި ގަސްތައް ހަދިޔާކުރުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސް ޑރ.މުޢިއްޒުގެ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީ ކުރުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ ޤުދުރަތީ ވެށި ރައްކާތެރިކުރުމާއެކު، ކާބަން ޑައިއޮކްސައިޑް މަދުކުރުމަށް އެހީތެރިވެ، މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމަށް ރާއްޖެ ތައްޔާރުވުމަށް މަގުފަހިވެގެންދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ