ނަތަންޔާހޫ ޓްރަމްޕާ ބައްދަލުކުރަން ވޮޝިންގްޓަނަށް

ނަތަންޔާހޫގެ އޮފީހާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި މަޝްވަރާތައް ފެށުމަށް ހަމަޖެހިފައިވަނީ ހޯމަ ދުވަހު ވޮޝިންގްޓަން ޑީސީގައެވެ. އަދި އަންގާރަ ދުވަހު ވައިޓް ހައުސްގައި ޓްރަމްޕް އާއި ނަތަންޔާހޫ ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ޓްރަމްޕްގެ ދެވަނަ ދައުރުގެ ހުވާކުރުމަށްފަހު ބޭރުގެ ލީޑަރަކާ ބައްދަލުކުރާ ފުރަތަމަ ފަހަރެވެ.
ޖެނުއަރީ 19 ގައި ސޮއިކުރި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، 33 އިޒްރާއީލީ ގައިދީން ދޫކޮށްލުމަށާއި 2،000 އާ ގާތްކުރާ ފަލަސްތީނު ރައްޔިތުން ދޫކޮށްލުމަށް ވަނީ އެއްބަސްވެފައެވެ. ދެވަނަ ފިޔަވަހީގައި އިތުރު ގައިދީން ދޫކޮށްލުމާއި ހަނގުރާމަ ދާއިމީކޮށް ނިންމުމާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދާނެ ކަމަށް ބެލެވެއެވެ.
މި އެއްބަސްވުމުގެ ކުރިން 15 މަސް ދުވަހުގެ މުއްދަތަށް ޣައްޒާއަށް އިޒްރާއީލުން ދިން ހަމަލާތަކުގައި 47،000 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ސިއްހީ އިދާރާތަކުން ބުނެއެވެ. މީގެ ތެރެއިން ދެބައިކުޅަ އެއްބަޔަށްވުރެ ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.
ދަތުރު ފެށުމުގެ ކުރިން ތެލްއަވީވް އެއާޕޯޓުގައި ވާހަކަދައްކަމުން ނެތަންޔާހޫ ބުނީ، ހަމާސްގެ މައްޗަށް ކާމިޔާބު ހޯދުމާއި، އިޒްރާއީލްގެ ގައިދީން ދޫކޮށްލުމާއި، އަދި އީރާނުގެ ނުފޫޒު މެދުއިރުމަތީގައި ކުޑަކުރުމާ ގުޅޭ ގޮތުން ޓްރަމްޕާ އެކު މަޝްވަރާކުރާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ