މައިކްރޯސޮފްޓުގެ ފައުންޑަރު، ބިލް ގޭޓްސްގެ 200 ބިލިއަން ޑޮލަރުގެ މިލްކިއްޔާތުގެ ތެރެއިން ބޮޑު ބައެއް ކުރިއަށް އޮތް 20 އަހަރުގެ ތެރޭގައި ހަދިޔާ ކުރާނީ އެފްރިކާއަށް ކަމަށް އޭނާ ހާމަކޮށްފި އެވެ.
ގޭޓްސްގެ މިލްކިއްޔާތު 2045 ވަނަ އަހަރު 200 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އަންދާޒާ ކޮށްފައިވާއިރު އޭގެ ތެރެއިން 99 ޕަސެންޓު ހާދިޔާ ކުރާނެކަން އޭނާ އިއުލާނު ކުރީ މިދިޔަ މަހުގެ ތެރޭގަ އެވެ. އޭނާގެ މިލްކިއްޔާތު ބަލަހައްޓަނީ ގޭޓްސް ފައުންޑޭޝަނުން ކަމަށްވާއިރު ގޭޓްސް ފައުންޑޭޝަންގެ ހުރިހާ ކަމެއް 2045 ވަނަ އަހަރު ހުއްޓާލާން ވަނީ ނިންމާފަ އެވެ.
އިތިއޯޕިއާގައި ވާހަކަ ދައްކަވަމުން ގޭޓްސް ވިދާޅުވީ އެ ފައިސާގެ ތެރެއިން ބޮޑު ބައެއް ހަދިޔާ ކުރާނީ އެފްރިކާގެ ސިއްހީ ދާއިރާ އަދި ތައުލީމު ކުރިއެރުވުމަށް ކަމަށެވެ. އޭނާ ވަނީ އެފްރިކާގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރުމަށް ޒުވާން އިނޮވޭޓަރުންގެ ކިބައިން އެދިފަ އެވެ.
ގޭޓްސްގެ މުޅި މިލްކިއްޔާތުހެން ހަދިޔާ ކުރި ނަމަވެސް އޭނާގެ ބިލިއަނަރު ސްޓޭޓަސްއެއް ނުގެއްލޭނެ އެވެ. ގޭޓްސް އާއި ޕައުލް އެލެން ގުޅިގެން މައިކްރޯސޮފްޓް އުފެއްދީ 1975 ގަ އެވެ. އެ ކުންފުނީގެ ސީއީއޯ ކަމުން 2000 ވަނަ އަހަރު އޭނާ ދުރުވިއިރު ޗެއާމަން ކަމުން ވެސް 2014 އަހަރު ވަނީ ވަކިވެފަ އެވެ.
ބިލް ގޭޓްސްގެ މިލްކިއްޔާތުގެ ބޮޑު ބައެއް ހަދިޔާ ކުރާނީ އެފްރިކާއަށް ބިލް ގޭޓްސްގެ މިލްކިއްޔާތުގެ ބޮޑު ބައެއް ހަދިޔާ ކުރާނީ އެފްރިކާއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ