އިޝްތިހާރު ހިމެނޭ ހިލޭ އޮފީސް އެޕްތަކެއް މައިކްރޯސޮފްޓުން ޓެސްޓްކުރަނީ
މައިކްރޯސޮފްޓުން އެ ކުންފުނީގެ މަޝްހޫރު އޮފީސް އެޕްތަކުގެ ހިލޭ ވާޝަނެއް ޓެސްޓް ކުރަމުންދާކަން ޓެކް ރިޕޯޓްތަކުން ހާމަވެއްޖެއެވެ. މި ހިލޭ ވާޝަންގައި އިޝްތިހާރުތައް ހިމެނޭނެ ކަމަށާއި، މި ވަގުތު ވޯޑް، އެކްސެލް އަދި ޕަވާޕޮއިންޓް އެޕްތައް މި ގޮތަށް ލިބެން ހުންނާނެ ކަމަށް ވަނީ އެ ރިޕޯޓްތަކުގައި ބުނެފައެވެ. އާންމު ގޮތެއްގައި މައިކްރޯސޮފްޓް 365 ސަބްސްކްރިޕްޝަން ގަންނަ ފަރާތްތަކަށް އެކަނި ލިބެން ހުންނަ މި އެޕްތައް، މިހާރު ބައެއް ޔޫޒަރުންނަށް ހިލޭ ވާޝަނެއްގެ ގޮތުގައި ލިބެމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް މި ހިލޭ ވާޝަންގައި ހުރިހާ ފީޗާތަކެއް ނުހިމެނޭނެ ކަމަށާއި، އިޝްތިހާރުތައް ދައްކާނެ ކަމަށް ވަނީ ބުނެފައެވެ. އިޝްތިހާރު ހިމެނޭ ހިލޭ އޮފީސް އެޕް -- މައިކްރޯސޮފްޓްގެ އޮފީސް ޕެކޭޖް އިންސްޓޯލްކުރާއިރު އާންމު ގޮތެއްގައި "ބައި މައިކްރޯސޮފްޓް 365" ބަޓަން ފެންނަ ހިސާބުގައި މިހާރު "ޓްރައި މައިކްރޯސޮފްޓް 365 ފޯ ފްރީ" މެސެޖެއް ފެންނަ ކަމަށް ރިޕޯޓްތަކުގައި ވަނީ ބުނެފައެވެ. މި ހިލޭ ވާޝަންގައި ވޯޑް، އެކްސެލް އަދި ޕަވާޕޮއިންޓް އެޕްތައް ބޭނުންކުރެވޭނެ ކަމަށާއި، ފަސް ޖީބީގެ ކްލައުޑް ސްޓޯރޭޖް ވަންޑްރައިވް މެދުވެރިކޮށް ލިބޭނެ ކަމަށްވެސް ވަނީ ހާމަކޮށްފައެވެ. މައިކްރޯސޮފްޓުން މި ވަގުތު މި ހިލޭ ވާޝަން، އިންޑިއާ ހިމެނޭގޮތަށް ވަކި ސަރަޙައްދުތަކެއްގައި އެކަނި ޓެސްޓްކުރަމުންދާއިރު، މުޅި ދުނިޔެއަށް ނެރުމުގެ ވިސްނުމެއް ނެތް ކަމަށް ރިޕޯޓްތަކުގައި ވަނީ ބުނެފައެވެ. ނަމަވެސް މި ޓެސްޓުގެ ނަތީޖާއަށް ބަލައި، ކުރިއަށް އޮތްތަނުގައި މި ހިލޭ ވާޝަން އާންމުކޮށް ތަޢާރަފުކުރުމުގެ ފުރުސަތު އޮތް ކަމަށް ވަނީ ލަފާކުރެވިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ