"އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް ނުވަދެވޭ ގޮތަށް ނިންމި ނިންމުމަކީ ހިތްވަރުގަދަ ނިންމެވުމެއް،" އަންވަރު ވިދާޅުވި އެވެ.
ފަލަސްތީނުގެ ޣައްޒާގައި އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާ ގުޅިގެން، އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެނުވެވޭ ގޮތަށް ނިންމި ނިންމުމަކީ، "ހިތްވަރުގަދަ" ނިންމުމެއްގެ ގޮތުގައި، އެ ނިންމުމަށް މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ތައުރީފް ކުރައްވައިފި އެވެ.
މެލޭޝިޔާގެ ބޮޑުވަޒީރުގެ ދައުވަތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ގައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ދެ ބޭފުޅުން ގުޅިގެން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި، އަންވަރު ވިދާޅުވީ އިޒްރޭލު ޕާސްޕޯޓު މަނާކުރަން ރައީސް ޑރ. މުއިއްޒު ނިންމެވި ނިންމެވުމަށް މެލޭޝިޔާ ސަރުކާރާއި ރައްޔިތުންގެ ފަރާތުން މަރުހަބާ ކިޔާ ކަމަށެވެ.
"އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް ނުވަދެވޭ ގޮތަށް ނިންމި ނިންމުމަކީ ހިތްވަރުގަދަ ނިންމެވުމެއް،" އަންވަރު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ފަލަސްތީނުގެ މައުސޫމް ރައްޔިތުންގެ ހައްގުގައި، ރާއްޖެ އާއި މެލޭޝިޔާއިން ގެންގުޅޭ ވިސްނުން އެއްގޮތެވެ.
އެ ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސް ޑރ. މުއިއްޒު ވަނީ، ފަލަސްތީނު ރައްޔިތުންގެ ހައްގުގައި ދިވެހިން އަބަދުވެސް ތިބޭނެ ކަމުގެ ޔަގީންކަން ތަކުރާރު ކުރައްވައިފަ އެވެ.އަދި އިރުމަތީ ގުދުސް ހިމެނޭ ގޮތަށް 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތަށް ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމަށް ރައީސް ގޮވާލެއްވި އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އިޒްރޭލު ޕާސްޕޯޓު މަނާކުރުމުގެ ހިތްވަރުގަދަ ނިންމުމަށް މެލޭޝިޔާގެ ބޮޑުވަޒީރުގެ ތައުރީފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ