ފޭދޫ ސްކޫލް ގާލްގައިޑުން ސަދަން ކޮމާންޑަށް

އައްޑޫ ފޭދޫ ސްކޫލްގެ ގާލްގައިޑުންނަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން ޓީމް ބިލް ސެޝަނެއް ކުރިއަށް ގެންގޮސްފި އެވެ.
ގަމުގައި ގާއިމުކޮށްފައިވާ އެމްއެންޑީއެފް ސަދަން އޭރިއާ ހެޑްކްއާޓަރުޒްގައި އިއްޔެ ކުރިއަށް ގެންދިޔަ މސެޝަންގައި ސަދަން އޭރިއާ ކޮމާންޑާ ބެހޭ ގޮތުން ތައްޔާރުކޮށްފައިވާ ޕްރެޒެންޓޭޝަނެއް ދިނުމުގެ އިތުރުން ޓީމް ބިލްޑިން އެކްޓިވިޓީސްތަކާއި ގޭމްތައް ކުރިއަށް ގެންގޮސްފައިވެ އެވެ.
މިސެޝަންކުރިއަށް ގެންދިޔައީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ސިފައިންނެވެ. މީގެ އިތުރުން އެމްއެންޑީއެފް ސަދަން އޭރިއާގެ މޯސްޓް ސަދަން ޕޮއިންޓަށް ފޭދޫ ސްކޫލްގެ ގާލްގައިޑުންނާއި އެ ސްކޫލްގެ ޓީޗަރުން ވަނީ ޒިޔާރަތްކުކޮށްފައިވެ އެވެ.
އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ހެޑްކްއާޓަރަށް ފޭދޫ ސްކޫލްގެ ދަރިވަރުން ކުރެއްވި ޒިޔާރާތުގައި އެ ސްކޫލްގެ 54 ގާލްގައިޑުންނާއި 15 ޓީޗަރުން ބައިވެރިވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ