ކ. ގުރައިދޫ ދާއިރާގެ މެމްބަރު، ރިޒާ އަވަހާރަވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު، އިބްރާހިމް ރިޒާ އަވަހާރަވެއްޖެއެވެ.
ރިޒާ އަވަހާރަވީ، މެލޭޝިއާގައި ހުންނަވަނިކޮށެވެ. އޭނާ މެލޭޝިއާގައި ހުންނެވީ، ކެންސަރު ބައްޔަށް ފަރުވާ ހޯއްދެވުމަށް ވަޑައިގެންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ބަލީގައި އޭނާ އުޅުއްވާތާ ގާތްގަނޑަކަށް ދެ އަހަރެއްހާ ދުވަސް ވެއްޖެއެވެ. އޭނާ ރާއްޖޭގައި ހުންނެވުމަށްފަހު މެލޭޝިއާއަށް ވަޑައިގެންނެވީ މި މަހުގެ ތެރޭގައި ކަމަށްވެއެވެ.
އިތުރު ތަފްޞީލް އަންނަނީ....
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ