ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ މުސުން ގޮސް ވާނެ ކަމަށް މުސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ލަފާކޮށްފައިވާތީވެ، ކަނޑުދަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފް އިން މިރޭ އިލްތިމާސްކޮށްފި އެވެ.
އެނގުން މުހިންމު - އަވަށްޓެރި ސްރީ ލަންކާ ކައިރީގައި އުފެދިފައިވާ ކޮޅިގަނޑަކާ ގުޅިގެން، ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން މިއަދު ވަނީ ބުނެފަ އެވެ.
ބުނީ ކީކޭ؟ - ކޯސްޓްގާޑުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، ކަނޑުދަތުރު ކުރާ އުޅަނދުފަހަރުގެ އޮޑިވެރިންނާއި ކެމްޕެޓަނުން ދަތުރަށް ނުކުތުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދަން އިލްތިމާސްކޮށްފަ އެވެ. އަދި ލައިފްޖެކެޓާއި މުވާސަލާތީ ނިޒާމާއި ދިޔަ ހިއްކާ ޕަންޕު ފަދަ ތަކެތި ހުރިތޯ ޗެކްކުރުމަށް ވެސް އެމްންޑީއެފް އިން އެދިފައިވެ އެވެ.
"ހާއްސަކޮށް، ސަލާމަތީ ގޮތުން ރައްކާތެރިކަން ކުޑަ، ކުދި އަނގަމަތީ އުޅަނދުފަހަރުގައި ރޭގަނޑު އަދި ވިއްސާރަ ކުރާ އިރު ދަތުރު ނުކުރުމަށް،" އިލްތިމާސްކޮށްފައިވެ އެވެ.
ކޯސްޓްގާޑުން އިތުރަށް އެންގި ކަންކަމުގެ ތެރޭގައި:
މުދާ އުފުލާ އުޅަނދުފަހަރަށް މުދާ ބަރުކުރުމުގައި ގަވާއިދުތަކަށް އަމަލުކުރަން
އުޅަނދުފަހަރު ބަނދަރުގައި އަޅާ އިރު، ރަނގަޅަށް އެއްސުން
ފަޅުން ބޭރުގައި އަޅާފައިވާ އޮޑިދޯނިފަހަރު ރަނގަޅަށް ބެލެހެއްޓުމާއި ދިޔަ ހިއްކުމުގައި ސަމާލުކަން ދިނުން
ފަސް މަންޒަރު - މިދިޔަ މަހުގެ ތެރޭގައި މުޅި ރާއްޖެއަށް ވެސް ވަރަށް ބޮޑަށް މޫސުން ގޯސްވުމުގެ ސަބަބުން ހިތާމަވެރި ހާދިސާތަކެއް ވަނީ ހިނގައިފަ އެވެ.
އިތުރަަށް ކިޔާލަން -
ކޮޅިގަނޑެއްގެ އަސަރު ކުރަން ފަށައިފި؛ ކުރިއަށް އޮތް ތިން ދުވަހު މޫސުން ގޯސްވާނެ
މޫސުން ގޯސްވާނެތީ ކަނޑުދަތުރު ކުރާ މީހުން ސަމާލުވާން ކޯސްޓްގާޑުން އެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ