ތިލަދުންމަތީ ފުރަތަމަ އިންޓަރ ސްކޫލް ފެތުމުގެ މުބާރާތް މިއަދު ހދ. ކުޅުދުއްފުށީގައި ފަށައިފި އެވެ.
ރާއްޖޭގެ 22 ސްކޫލަކުން އެކި އުމުރުފުރާތައް ހިމެނޭހެން ޖުމްލަ 432 ފެތުންތެރިންނާއެކު ކުރިއަށް ގެންދާ މި މުބާރާތުގެ އިވެންޓްތައް ކުރިއަށް ގެންދަނީ ކުޅުދުއްފުށީ ބޮޑުމުހައްމަދުކަލޭފާނު ބަނދަރު ސަރަހައްދުގައެވެ.
މި މުބާރާތުގެ އިވެންޓްތައް މިއަދު ހަވީރު ފަށާފައިވާއިރު ދެ ދަންފަޅިއަށް ބަހާލައިގެން ހޮނިހިރު ދުވަހާ ހަމައަށް މުބާރާތުގެ އިވެންޓްތައް ކުރިއަށް ގެންދާނެ އެވެ.
މި މުބާރާތަކީ ސްވިމިންގ އެސޯސިއޭޝަނާއި ކުޅުދުއްފުށި ސިޓީ ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ އިންޓަސްކޫލް ސްވިމިންގ މުބާރާތެކެވެ.
ތިލަދުންމަތީ އިންޓަރ ސްކޫލް ފެތުމުގެ މުބާރާތް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ