ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޣަނީ ވަކިކުރުމަށް މަޖިލީހުން ފާސްކޮށްފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޣަނީ ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފާސްކޮށްފިއެވެ.
ފަނޑިޔާރު ޣަނީ މަގާމުން ވަކި ކުރުމަށް ފެންނަ ކަމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމި ރިޕޯޓް ފާސްވީ، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 64 މެންބަރުންގެ ވޯޓާއެކު އެވެ. ޣަނީ ފަނޑިޔާރުކަމުން ވަކި ކުރަން ނުފެންނަކަމަށް ދެ މެންބަރަކު ވޯޓު ދެއްވި އިރު، ވަކި ކޮޅަކަށް ވޯޓު ނުދެއްވަނީ އެއް މެންބަރެވެ.
ޢަނީ ފަނޑިޔާރު ކަމުން ވަކިކުރުމަސް ނިންމައި ޖޭއެސްސީން ނެުރނު ނޫސްބަޔާނުގައި ބުނެފައި  ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުލް ޣަނީ މުޙައްމަދާއި ބެހޭގޮތުން އެ ކޮމިޝަނުން ތަހުގީގުކުރި ސުލޫކީ މައްސަލައަކާއި ގުޅިގެން ފަނޑިޔާރެއްގެ ކިބައިގައި ހުރުން ލާޒިމްކުރާ ސުލޫކީ ސިފަތައް ނެތިގެންދާފަދަ ޢަމަލުތަކެއް ސުޕްރީމްކޯޓުގެގެ ފަނޑިޔާރު ޢަބްދުލްޣަނީ ކޮށްފިކަމަށް ތަހުޤީގު ކޮމިޓީއަށް ސާބިތުވެފައިވާ ކަމަށެވެ. 
ޖޭއެސްސީއިން ފަނޑިޔާރު ޣަނީއާ ގުޅޭ ގޮތުން ބަލަމުން ދިޔައީ ސުޕްރީމް ކޯޓުން ގާނޫނު އަސާސީއާ ހިލާފަށް ނިންމާފައިވާ ނިންމުންތަކަށް ބަޔާންކޮށް އެ ކޮމިޝަނުން އެކުލަވާލި ރިޕޯޓްގައި ހިމެނޭ ކަންކަމުގެ ތެރެއިން ފަނޑިޔާރު ޣަނީ ބައިވެރިވެވަޑައިގަންނަވާ މައްސަލަތަކެވެ. އެ މައްސަލާގެ ތަހުގީގަށް ފަނޑިޔާރު ޣަނީ އެއްބާރުލުން ދެއްވި އެވެ.
ޖޭއެސްސީން ތަހުގީގު ކުރި ގުޅޭ ގޮތުހް މަގާމުން ވަކިކުރި އުއްތަމަ ފަނޑިޔާރު ޑޜ އަހުމަދު އަބްދުﷲ ދީދީދީ  ވިދާޅުވެފައި ވަނީ އެ މައްސަލަތަކަކީ ޖޭއެސްސީއަށް ނުބެލޭނެ މައްސަލަތަކެއް ކަމަށެވެ. އެހެން ޑރ އަހުމަދު ޖޭއެސްސީގެ ތަހުގީގަށް އެއްބާރުލުން ދެއްވާފައެއް ނުވެއެވެ. 
ސުޕްރީމް ކޯޓުގެ ބެންޗުގައި ހަތް ފަނޑިޔާރުން ތިބެން ޖެހޭއިރު މިވަގުތު ސުޕްރީމް ކޯޓުގައި ތިއްބެވީ އެ ކޯޓަސް އެންމެ ފަހުން އައްޔަން ކުރެއްވި ތިން ފަނޑިޔާރުންނެވެ. އެއީ ޑރ އަޒްމިރާދާ ޒާހިރުއާއި، މަހާޒް އަލީ ޒާހިރުގެ އިތުރުން ޢައިޝާ ޝުޖޫންއެވެ. މީގެއިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަސް އައްޔަން ކުރުމަށް ހުސްނު ސޫދާއި އަދި އުއްތަމަ ފަނޑިޔާރު ކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މުއުތަސިމް އަދުނާން އައްޔަން ކުރުމަށް ޖުޑިޗަރީ ކޮމެޓީން ވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ