ސަރުކާރަށް ތާއީދުކޮށް މިއަދު ހަވީރު މާލޭގައި ސައިކަލް ބުރެއް ބާއްވަނީ

ސަރުކާރަށް ތާއީދުކުރާކަން ހާމަކުރުމުގެ ގޮތުންނާއި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ކޯލިޝަންގެ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމުގެ ގޮތުން މިއަދު ހަވީރު މާލޭގައި ހާއްސަ ސައިކަލް ބުރެއް ބޭއްވުމަށް ނިންމައިފި އެވެ.
މި ސައިކަލް ބުރު ބޭއްވުމުގައި އިސްކޮށް އުޅޭ ޒުވާނަކު ބުނީ ސަރުކާރު ކޯލިޝަނަށް ތާއީދުކޮށް ޒުވާނުންތަކެއް އިސް ނަގައިގެން މިއަދު ހަވީރު 5 ޖަހާއިރު ތިން ބާރު ވަކިކުރާ ސަރަހައްދުން ސައިކަލް ބުރު ފެށޭނެ ކަމަށެވެ.
އަދި މި ސައިކަލް ބުރުގައި ސަރުކާރުގެ އިސް ބައެއް ވެރިން ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"އެއީ މަޖިލިސް ކެމްޕެއިނެއް، އަދި މި ސަރުކާރަށް ތާއީދުކުރުމުގެ ގޮތުން ޒުވާނުން ބާއްވާ ސައިކަލް ބުރެއް." އޮފިޝަލް ވިދާޅުވި އެވެ.
މި ސައިކަލް ބުރުގައި ވީހާވެސް ގިނަ މީހުން، ހާއްސަކޮށް ޒުވާނުން ބައިވެރިވުމަށް އިންތިޒާމުުކުރާ ފަރާތުން އެދެ އެވެެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ