މިއަހަރު ހައިކޯޓަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ހުށަހެޅިފައިވަނީ ސިވިލް ކޯޓުން ނިންމާފައިވާ މައްސަލަތައް ކަން ހައި ކޯޓުގެ ތަފާސް ހިސާބުތަކުން ހާމަވެއްޖެ އެވެ.
ހައިކޯޓުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މި އަހަރު އެކޯޓުން ނިންމާފައިވާ 120 މައްސަލައެއް ވަނީ ހައިކޯޓަށް ހުށަހެޅިފަ އެވެ. އަދި ކްރިމިނަލް ކޯޓުން ނިންމާފައިވާ 76 މައްސަލައަކާއި ފެމެލީ ކޯޓުން ނިންމާފައިވާ 10 މައްސަލައަކާއި ޖުވެނައިލް ކޯޓުން ނިންމާފައިވާ ދެ މައްސަލައެއްގެ އިތުރުން ޑްރަގް ކޯޓުގެ މައްސަލައެއް ހައިކޯޓަށް ވަނީ ހުށަހެޅިފަ އެވެ.
ފާއިތުވި ދެ އަހަރުވެސް އެންމެ ގިނަ މައްސަލަ ހުށަހެޅިފައި ވަނީ ސިވިލް ކޯޓުންނެވެ. އެގޮތުން މިދިޔަ އަހަރު ސިވިލް ކޯޓުން ނިންމާފައިވާ 115 މައްސަލައެއް ހައިކޯޓަށް ހުށަހެޅިފައިވާއިރު 2012 ވަނަ އަހަރު ހުށަހެޅިފައި ވަނީ ސިވިލް ކޯޓުން ނިންމާފައިވާ 110 މައްސަލައެކެވެ. ފާއިތުވި ދެ އަހަރު ދެވަނަ އަށް އެންމެ ގިނަ މައްސަލަ ހައި ކޯޓަށް ހުށަހެޅިފައި ވަނީ ކްރިމިނަލް ކޯޓުންނެވެ. އެގޮތުން ކްރިމިނަލް ކޯޓުން ނިންމާފައިވާ 97 މައްސަލައެއް މިދިޔަ އަހަރު ހުށަހެޅިފައިވާއިރު 2012 ވަނަ އަހަރު ހުށަހެޅިފައި ވަނީ އެ ކޯޓުން ނިންމާފައިވާ 122 މައްސަލަ އެވެ.
މިދިޔަ އަހަރު ފެމިލީ ކޯޓުން ނިންމާފައިވާ 11 މައްސަލައެއް ހައިކޯޓަށް ހުށަހެޅުނުއިރު 2012 ވަނަ އަހަރު ހުށަހެޅިފައި ވަނީ ފެމެލީ ކޯޓުން ނިންމާފައިވާ 12 މައްސަލައެކެވެ. ޖުވެނައިލް ކޯޓުން ނިންމާފައިވާ 11 މައްސަލައެއް މިދިޔަ އަހަރު ހުށަހެޅުނުއިރު 2012 ވަނަ އަހަރު ހުށަހެޅިފައި ވަނީ އެ ކޯޓުން ނިންމާފައިވާ ހަތަރު މައްސަލައެކެވެ. ޑްރަގް ކޯޓުން 2012 އަދި 2013 ވަނަ އަހަރު ހައިކޯޓަށް އެއްވެސް މައްސަލައެއް ހުށަހެޅާފައެއް ނުވެ އެވެ.
މިއަހަރު ހައިކޯޓަށް އެންމެ ގިނަ މައްސަލަ ހުށަހެޅީ ސިވިލް ކޯޓުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ