ހިތަދޫ މެދު ދާއިރާގެ މަޖިލިސް އިންތިހާބް ބާތިލުކުރަން އެ ދާއިރާގެ އިންތިހާބުން ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ޕީޕީއެމް ކެންޑިޑޭޓް މުހައްމަދު ރަޝީދު (ހިޔަލީ) ގެ ފަރާތުން އިއްޔެ ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގެންފި އެވެ.
އެ މައްސަލަ ބަލައިގެންފައިވަނީ މިއަދުގެ ވަގުތެއްގައި އެވެ.
3 ކެންޑިޑޭޓުން ވާދަކުރި މި އިންތިހާބު ކާމިޔާބުކުރައްވާފައިވަނީ އެމްޑީޕީގެ ފަރާތުން މި އިންތިހާބުގައި ވާދަކުރެއްވި ކެންޑިޑޭޓް ރިޓަޔާޑް ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީއެވެ.
އިންތިޚާބާ ބެހޭ ގާނޫނު ބުނާގޮތުން އިންތިޚާބީ ޝަކުވާގެ މައްސަލަތައް ފުރަތަމަ މަރުހަލާގައި ހައި ކޯޓުން ބަލާއިރު އަދި އެ ބާވަތުގެ މައްސަލަތަކަކީ ރަސްމީ ނަތީޖާ އިއުލާން ކުރާތާ ގިނަވެގެން 30 ދުވަހުގެ ތެރޭގައި ބަލައި ނިންމަންޖެހޭނެއެވެ.
ހިތަދޫ މެދު ދާއިރާގެ އިންތިހާބު ބާތިލް ކުރުމަށް ހުށަހަޅާފައިވާއިރު ށ. ފުނަދޫ ދާއިރާގެ އިންތިޚާބު ބާތިލް ކުރުމަށް ވެސް ހައި ކޯޓަށް ވަނީ ހުށައަޅާފައެވެ.އެ މައްސަލަ ކޯޓަށް ހުށައަޅާފައިވަނީ އެ ދާއިރާއަށް ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު އައްބާސް އެވެ.
ށ.ފުނަދޫ ދާއިރާގެ އިންތިހާބް ކާމިޔާބުކޮށްފައިވަނީ ޕީޕީއެމްގެ ފަރާތުން އެ ދާއިރާއަށް ކުރިމަތިލެއްވި މިހާރުވެސް އެ ދާއިރާގެ މެމްބަރު އަލީ ސަލީމްއެވެ.
ހިތަދޫ މެދު ދާއިރާގެ އިންތިހާބު ބާތިލުކުރަން ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ