އީގަލްސް އާއި އޭދަފުށީގެ އެކުވެރިކަމުގެ މެޗެއް މިއަދު ހަވީރު

އީގަލްސްގެ ކޯޗު މޯހަން އަދި އޭދަފުށީ ޓީމުގެ ކޯޗު ސާންތީ– ފޮޓޯ ކްލަބް އީގަލްސްއަންނަމަހު ފަށާ އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގައި ވާދަ ކުރާ ކްލަބް އޭދަފުށި، ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ގަދަ ބާރެއް ކަމަށްވާ ކްލަބް އީގަލްސްއާ އެކު އެކުވެރިކަމުގެ މެޗެއް ކުޅުމަށް ހަމަޖެހިއްޖެއެވެ.
ކްލަބް އީގަލްސް އިން މިދިޔަ ބުރާސްފަތު ދުވަހު އޭދަފުށީގައި ކޭމްޕް ކޮށް ޓްރެއިނިން ފަށާފައިވާއިރު އެކުވެރިކަމުގެ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު އޭދަފުށީ ޓާފް ދަނޑުގަ އެވެ.
ކްލަބް އޭދަފުށީން ވަނީ
މިމަހު 15 ވަނަ ދުވަހު ދިވެހި ސިފައިންގެ ކްލަބާއެކު ވެސް އޭދަފުށީގައި
އެކުވެރިކަމުގެ މެޗެއް ކުޅެފައެވެ. ކްލަބް އޭދަފުށީން ބުނީ އެކުވެރިކަމުގެ އިތުރު
މެޗުތައް ކުޅުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ކްލަބް އީގަލްސް އިން އޭދަފުށީގައި ފަރިތަކުރުންތައް ކުރިއަށް ގެންދަނީއެފްއޭ ކަޕް މުބާރާތް އަންނަ
މަހުގެ 16 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ އިރު މުބާރާތް ފެށުމުގެ ގޮތުން
ފުރަތަމަ ބައްދަލު ކުރާނީ ކްލަބް އޭދަފުއްޓާއި ޓީސީ ސްޕޯޓްސް ކްލަބެވެ.
ދެ ވަނަ މެޗުގައި ށ.
ފޯކައިދޫ ފުޓްބޯޅަ ޓީމާ ދެކޮޅަށް ނުކުންނާނީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބެވެ. ތިން
ވަނަ މެޗުގައި މާޒިޔާ އާއި ކްލަބް ގްރީން ސްޓްރީޓްސް ވާދަކުރާއިރު ފަހު މެޗުގައި
ވިލިމާލެ ޔުނައިޓާ ކްލަބް އީގަލްސް ވާދަކުރާނެ އެވެ.
އެފްއޭ ކަޕްގައި އަށް
ޓީމުން ބައިވެރިވެފައިވާއިރު މުބާރާތް ކުރިއަށްދާނީ ނޮކްއައުޓް އުސޫލުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ