ފުލުހުންނާއި ބެންކު އޮފް މޯލްޑިވްސް މުލީ ބްރާންޗު ގުޅިގެން މ. އަތޮޅުގެ ރައްޔިތުންނަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.
މ. އަތޮޅުގެ ހުރިހާ ރަށަކަށް އަމާޒުކޮށްގެން އޭޕްރީލް 7 ވަނަ ދުވަހު ފެށި މި ޕްރޮގްރާމަކީ “ބީ އެލަރޓް” ގެ ނަމުގައި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
މިޕްރޮގްރާމަކީ، ބެންކް އޮފް މޯލްޑިވްސްއާއި ބޮޑެތި ކުންފުނި ތަކުގެ ނަމުގައި އާއްމު ރައްޔިތުންނަށް ގުޅައި ފައިސާ ހޯދުމާއި ކޭޝްކާރޑްގެ މައުލޫމާތު ހޯދައި އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ހޯދަމުންދާތީ، މިފަދަ ކަންކަން ހުއްޓުވުމުގެ ގޮތުން ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ފަށާފައިވާ ޕްރޮގްރާމެކެވެ.
އެގޮތުން މ.އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ގޭގެއަށް ޒިޔާރަތްކޮށް، މިޕްރޮގްރާމްގައި މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވާއިރު، މ.މުލި، މ.މުލައް އަދި މ.ނާލާފުށީގެ މީހުން ދިރިއުޅޭ ހުރިހާގެއަކަށް ޒިޔާރަތްކޮށް ރައްޔިތުންނަށް ވަނީ މައުލޫމާތުދީފައެވެ
ފުލުހުންނާއި ބެންކް އޮފް މޯލްޑިވްސް މުލީ ބްރާންޗް ގުޅިގެން ރައްޔިތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ