ނިޔާވެފައިވާ ދެމީހެއްގެ ނަމުގައި ޖުމްހޫރީ ޕާޓީން މެމްބަރޝިޕް ފޯމް ހުށަހަޅާ، ސިޔާސީ ޕާޓީގެ ޤާނޫނާ ޚިލާފްވެފައިވާތީ އިލެކްޝަންސް ކޮމިޝަނުން އެޕާޓީ ބާރަހާސް ރުފިޔާއިން ޖުރިމަނާކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ޖުމްހޫރީ ޕާޓީ ޖުރިމަނާކުރީ ކޮންމެ ފޯމަކަށް ހަހާސް ރުފިޔާގެ މަގުންކަމަށެވެ. އަދި މި ޑިސެމްބަރު މަހުގެ ބާރަވަނަދުވަހުވެސް ނިޔާވެފައިވާ މީހެއްގެ ނަމުގައި އެ ޕާޓީން މެމްބަރޝިޕް ފޯމް ހުށަހެޅުމުން ފަސްހާސް ރުފިޔާއިން ޖުރިމަނާކޮށްފައިވާކަމަށްވެސް އިލެކްޝަން ކޮމިޝަނުން ބުނެއެވެ.
މަރުވެފައިވާ މީހުންގެ ނަމުގައި މެމްބަރޝިޕް ފޯމު ހުށަހެޅުމާއި މީހުންނަށް އޮޅުވާލައިގެން ފޯމު ހުށަހެޅުމުގެ މައްސަލަތަކެއް އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިންވެސް ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ.
މީގެ އިތުރުން އިލެކްޝަންސް ކޮމިޝަނުން ވަނީ ދެހާސް ބާރަވަނަ އަހަރުގެ އަހަރީ ހިސާބުތަކުގެ އޮޑިޓް ރިޕޯޓް ހުށަނާޅާ ސިޔާސީ ހަތް ޕާޓީއެއްވެސް ފަންސާސް ހާސް ރުފިޔާއިން ޖުރިމަނާކޮށްފައެވެ.
ޖުމްހޫރީ ޕާޓީ 12 ހާސް ރުފިޔާ އިން ޖޫރިމަނާ ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ