ފަނޑިޔާރުގެ އާއި މަޖިލިސް އިޔާދަކުރަން އދ. ގެ އެހީ ވަގުތުން ބޭނުންވޭ - ގާސިމް

ފަނޑިޔާރުގެ އާއި ރައްޔިތުންގެ މަޖިލިސް އިޔާދަކުރުމަށް އދ.ގެ އެހީ ވަގުތުން ބޭނުންވާކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. ގާސިމް ވިދާޅުވީ، ރާއްޖޭގެ ޑިމޮކްރަޓިކް ޕްރޮސެސް، އަސްކަރިއްޔާއިން ހައިޖެކްކޮށްފައިވާކަމަށާއި ފަނޑިޔާރުގެ އާއި ރައްޔިތުންގެ މަޖިލިސް އިޔާދަކުރުމަށް އދ.ގެ އެހީ ވަގުތުން ބޭނުންވާ ކަމަށެވެ.
އަދި މީގެ އިތުރުން "ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން ހައްޔަރު ކުރެވިފައި. ދެން ތިއްބެވި ފަނޑިޔާރުންނަށް ދަނީ ބިރު ދައްކަމުން. އަދި މަޖިލީސް މެންބަރުންނަށްވެސް ދަނީ ހުރަސް އަޅަމުން". ގާސިމް ވިދާޅުވިއެވެ.
ގާސިމް މިގޮތަށް ވިދާޅުވެފައިރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ނުގެއްލޭކަމަށް ސްޕްރީމް ކޯޓުން މިމަހުގެ ފުރަތަމަ ދުވަހު ނެރުނު އަމުރަށް އަމަލުކުރުން ފަސްކޮށް ސްޕްރީމް ކޯޓުން ރޭ އަމުރު ކުުރުމަށްފަހު މިއަދު އެ މެންބަރުންނާއި ނުލާ ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާއެއްވެސް ބާއްވާފައި ވަނިކޮށެވެ.
އަދި ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހަށް އިތުރު ކުރަން ރައީސް ޔާމީން މަޖިލީހަށް ހުށަހަޅުއްވާފައި ވަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ