ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމު މާފުށީ ޖަލަށް ވަޑައިިގެން، ދަރިކަލުން އަހުމަދު ފާރިސް މައުމޫނާ ބައްދަލުކުރައްވާ ސަރުކާރަށާއި ރާއްޖޭގެ ޝަރުއީ ނިޒާމަށް ފާޑުވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވަމުން ގެންދާ ފާރިސް މައުމޫނު ގާނޫނާއި ހިލާފަށް ހައްޔަރުކޮށްފައިވާތީ ކަންބޮޑުވުންފާޅު ކުރައްވާ ރައީސް މައުމޫން ވިދާޅުވީ ފާރިސް ހައްޔަރުކޮށް ބަންދުގައި ބަހައްޓަން ނެރެފައިވާ އަމުރު ހައިކޯޓުގައި އިސްތިއުނާފު ކުރިތާ ފަސް މަހަށް ވުރެ ގިނަ ވެފައިވާ ކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ ސިޔާސީ ގޮތުން މިފަދަ އަނިޔާވެރިކަމެއް އަދި ދުވަހަކުވެސް ދެކިވަޑައިނުގަންނަވާ ކަމަށާއި މިއީ އިންސާފުވެރިކަމެއް ނެތް ސަރުކާރެއް ކަމަށެވެ.
ފާރިސްއާ ދެކޮޅަށް ކޮށްފައިވާ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާގެ އަޑުއެހުމެއް އެންމެ ފަހުން ބާއްވާފައި ވަނީ މިމަހު 18 ވަނަ ދުވަހު އެވެ.
އެދުވަހުގެ އަޑުއެހުމުގައި ފާރިސް މައުމޫންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ހުށަހެޅިކަމުގެ ދައުވާ އާއި ގުޅިގެން ދައުލަތުން ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ތަކެތި ރާއްޖެއިން ބޭރަށް ފޮނުވައިގެން ތަހުލީލް ކުރުމަށް ކްރިމިނަލް ކޯޓުން ފާރިސް އަށް ވަނީ ހަތް ދުވަހުގެ މުއްދަތެއްދީފަ އެވެ.
ފާރިސްގެ މައްޗަށް ދައުލަތުން މިހާރު ހުށަހަޅާފައިވާ ރިޝްވަތު ދިނުމުގެ ދައުވާގެ ކުރިން، ދައުލަތަށް އޮޅިގެން މީގެ ކުރިން ވަނީ ފާރިސްގެ މައްޗަށް ނުބައި ދައުވާއެއްވެސް ކޮށްފަ އެވެ. އޭރު ދައުވާ ފަހުން ބަދަލުކުރީ ވެސް ދައުވާ ހުށަހެޅިތާ ދުވަސްތަކެއް ފަހުންނެވެ.
ސިޔާސީ ގޮތުން މިފަދަ އަނިޔާވެރިކަމެއް ދުވަހަކުވެސް ނުދެކެން: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ