ސޫރިޔާ އާއި އެކު ފަލަސްތީނުގެ ރައްޔިތުން ވާކަމާއި އިސްލާމީ ޚިލާފަތެއް ޤާއިމް ކުރުމަށް ގޮވާލާ އެތަށްހާސް ބަޔަކު އެއްވެއްޖެ
ސޫރިޔާގައި އެޤައުމުގެ މުސްލިމުންނާއި ދެކޮޅަށް ހިންގާ ޖަރީމާތަކާއި ދެކޮޅަށް ފަލަސްތީނުގެ އެތަކެށް ހާސް ރައްޔިތުން ނިކުމެ އެބައިމީހުން ތިބީ ސޫރިޔާގެ މުސްލިމް ރައްޔިތުންނާއި އެކީގައި ކަމަށް ގޮވާލައިފިއެވެ.ހިޒްބުލް ތަހީރް ޖަމާއަތުން އިސްނަގައިގެން ބޭއްވި މި އެއްވުމުގައި ސޫރިޔާގެ މުސްލިމުން ސަލާމަތް ކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުސްލިމުންނަށް ގޮވާލާފައެވެ. މީގެ އިތުރުން އިސްލާމީ ޚިލާފަތް އަލުން އަނބުރާ ޤާއިމް ކުރުމަށްވެސް ފަލަސްތީނުގެ ރައްޔިތުން ގޮވާލާފައިވެއެވެ. އަދި އެބައިމީހުން ބޭނުންވަނީ އިސްލާމީ ވެރިކަމެށް ކަމަށާއި ބޭނުންވަނީ އިސްލާމީ ޝަރީއަތްކަމަށް ގޮވާލާފައިވެއެވެ. އަދި ނަސްރުގެ ވަގުތު ކައިރިވެއްޖެ ކަމަށާއި ހިލާފަތް ޤާއިމް ވުމުގެ ވަގުތުވެސް ވަރަށް ކައިރިވެއްޖެކަމަށް ގޮވަމުންދިޔައެވެ.މީގެ އިތުރުން ސޫރިޔާގެ ސަރުކާރަށް އިރާނުން ހަތިޔާރު ފޯރުކޮށްދިނުން ހުއްޓާލުމަށްވެސް އެއްވުމުގެ ބައިވެރިން ވަނީ އިރާނުގެ ރައީސް އަހުމަދީނީޖާދަށް ގޮވާލާފައިވެއެވެ. އަދި އިރާނުގެ ރައީސް އަހުމަދީނީޖާދަކީ އޭނާގެ ބަހުގައި ތެދުވެރި މީހަކު ނަމަ އެކަން ނުކުރާނެކަމަށް އެއްވުމުގެ ބައިވެރިން ގޮވަމުން ދިޔައެވެ. އިރާނުގެ ރައީސް އަކީ ފަލަސްތީނާއި އިޒްރާއިލުގެ މައްސަލައިގައި އިޒްރާއިލާއި އެމެރިކާއަށް އެންމެ ފާޅުކަން ބޮޑު ގޮތެއްގައި ފާޑުވިދާޅުވަމުން ގެންދަވާ އެއް ލީޑަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ