ފިލްމީތަރި ޝީލާ ނަޖީބުގެ ބައްޕަ، އަހުމަދު ނަޖީބް އަވަހާރަކޮށްލައިފި

މަޝްހޫރު ފިލްމީ ތަރި ޝީލާ ނަޖީބްގެ ބައްޕަ، ސ.ހިތަދޫ ލޭޑީމޫން އަހުމަދު ނަޖީބް މަރާލާފައިއޮއްވާ ފެނިއްޖެއެވެ.
00:15
އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން އާއި އެޓާނީ ޖެނެރަލް އައިޝަތު އާޒިމާ ޝަކޫރު އާއި މަޖިލިސް ބައެއް މެންބަރުން އައިޖީއެމްއެޗަށް ޒިޔާރަތްކޮށްފި. މިހާރުވެސް ބައެއް މެންބަރުން އެބަތިއްބެވި. އައިޖީއެމްއެޗް އަށް ވަނީ ފިލްމީ ތަރިންނާއި ގިނަ އަދަދެއްގެ އާންމުން ވެސް ޖަމާވެފަ.
00:03
ނަޖީބުގެ ހަށިގަނޑު އާއިލާގެ ބައެއް މީހުންނަށް ދައްކައިފި. އާއިލާގެ ފަރާތުން ވާހަހަ ދައްކަމުން މަނިކު ބުނީ ނަޖީބުގެ ދަތް ދޮޅިއަށް ވަޅިއެއް ހަރައި ތާށިވެފައި ހުރިކަމަށް. އަދި ވަޅީގެ މުށްގަނޑު ނެތް ކަމަށް.
23:30
 ނަޖީބު ލާފައި އޮތީ ބޮޑު ޑަސްބިން ބޭގަކަށް ކަމުގައި ފުލުހުން ބުނެފި. މި ޑަސްބިނުގައި ޕޭމަންޓް ގާވެސް ހުރިކަމަށް ފުލުހުން ބުނޭ. ނަޖީބު މަސްރޫރާގެއަށް ގޮސްއުޅުނީ އެ ގެ ބެހުމުގެ މަސައްކަތުގައި ވަކީލެއްގެ ގޮތުން އެހީތެރިވެދިނުމަށް.
23:07
ހައްޔަރުކުރި މުއްރަތު ފުލުހުން މަސްރޫރާ ގެއިން ނެރެގެން ގެންގޮސްފި. އަދި ފުލުހުންގެ މަރުކަޒެއްގައި ސުވާލުކުރަމުން ދިޔަ މުއްރަތުގެ ލޯބިވެރިޔާވެސް ފުލުހުން ހައްޔަރުކޮށްފި.
 
21:52
މަސްރޫރާ ގެ ކައިރީގައި ހަރަކާތްތެރިވާ އެމް.ވީ ޔޫތުގެ ނޫސްވެރިއާ ބުނީ ފުލުހުން މިހާރު ފުލުހުންގެ މަރުކަޒެއްގައި އަންހެންކުއްޖަކާއި ސުވާލުކުރަމުން ދާކަމަށް. އަދި އެ އަންހެން ކުއްޖާއަކީ، މި މައްސަލައިގައި ހައްޔަރުކުރި މުއްރަތުގެ ލޯބިވެރިޔާކަމަށް މައުލޫމާތު ލިބޭ. އައި.ޖީ.އެމް ހޮސްޕިޓަލްގައި ހުރި ނަޖީބުގެ ދަރިފުޅު ދާދި ދެންމެއަކު މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ ނަޖީބު އަވަހާރަކޮށްލާފައިވަނީ ނަޖީބު ދިރިއުޅުއްވާ ގެ ކަމަށްވާ މ.ކެރެޓުގައި ހުންނަވަނިކޮށް، މަސްރޫރާ ގެއަށް ގެންގޮސްގެން ކަމަށް.
21:13
މަރާލާފައި އޮއްވައި ފެނުނީ ނަޖީބުކަމަށް ފުލުހުން ދާދި ދެންމެއަކު ކަށަވަރުކޮށްދެއްވައިފި.
21:08
މި މައްސަލައާއި ގުޅިގެން ހައްޔަރު ކޮށްފައިވަނީ ނަޖީބު އަވަހާރަކޮށްލާފައި އޮއްވައި ފެނުނު މ.މަސްރޫރާގޭ އުމުރުން 29 އަހަރުގެ މުހައްމަދު މުރުއަތު ކަމަށް މައުލޫމާތު ލިބޭ. މީނާއަކީ ދެވަނަ ފުރުސަތުގެ ދަށުން ދޫކޮށްލާފައިވާ މުޖުރިމެއް. މީގެ ކުރިންވެސް މާރާމާރީއާއި ތަފާތު އެހެން ކުށްކުށުގެ ރިކޯޑް މީނާގެ އޮންނަކަމަށް މައުލޫމާތު ލިބިފައިވޭ.
21:03
ނަޖީބްވަނީ 2009 ވަނަ އަހަރު އޮތް ރައްޔިތުންގެ މަޖިލީހުގައި ކުޅުދުއްފުށި ދެކުނު ދާއިރާއަށް ވާދަކުރައްވާފައި. ނަޖީބް މިހާރު ކައިވެނި ބައްލަވައިގެން އުޅުއްވަނީ ކުޅުދުއްފުށީ ކަނބަލަކާ.
20:55
ނަޖީބަކީ ކުޑަކުދިންގެ ފޮތްތަކާއި ތަފާތު ތާރީޚީ ފޮތްތައްވެސް ލިއުއްވާ ވަރަށް މަޝްހޫރު ލިއުންތެރިއެއް. މީގެ އިތުރުން ކޯޓުތަކުގައި ވަކާލާތުކުރައްވާތާ އެތައް ދުވަހެއް ވެފައިވާ ޤާނޫނީ ވަކީލެއް.
20:54
ޝީލާއާއި އެނާގެ ފިރިމީހާގެ އިތުރުން އާއިލާގެ ގިނަ ބަޔަކުވެސް ވަނީ މިހާރު އައި.ޖީ.އެމް ހޮސްޕިޓަލަށް ޖަމާވެފައި.
20:50
މައުލޫމާތު ލިބިފައިވާ ގޮތުގައި މަރާލާފައި އޮއްވާ ފެނުނީ ޤާނޫނީ ވަކީލު ސ.ހިތަދޫ ލޭޑީމޫން އަހުމަދު ނަޖީބް. ނަޖީބަކީ ފިލްމީ ތަރި ޝީލާ ނަޖީބުގެ ބައްޕަ.
20:47
ހައްޔަރުކޮށްފައިވާ 29 އަހަރުގެ މީހާއަކީ ދެވަނަ ފުރުސަތުގެ ދަށުން ދޫކޮށްލާފައިވާ މުޖްރިމެއްކަމަށް މައުލޫމާތު ލިބޭ.
20:44
އެމީހާއަށް ދީފައިވާ ހަމަލާގެ ސަބަބުން އޭނާގެ މޫނުމަތި ވަނީ ވަރަށް ބޮޑަށް ޒަޚަމްވެފައި. ކާކުކަންވެސް ވަކިކުރަން ނޭނގޭކަމަށް މައުލޫމާތު ލިބޭ
_______________________________________________
މަރާލާފައި އޮތް މިމީހާ ފުލުހުން ނެރެގެން ގެންދިޔައީ، މ.މަސްރޫރާ ނަމަކަށް ކިޔާ ގެއިންނެވެ. އެމީހާގެ ހަށިގަނޑަށް ތޫނު އެއްޗަކުން ހަމަލާދީފައިވާކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މިކަމާއި ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ 65 އަހަރުގެ ފިރިހެންމީހާ މަރާލާފައި އޮއްވާ ފެނުނީ މިރޭ 6:45 އެހާކަންހާއިރު ކަމަށެވެ.
އެ ސަރަހައްދުގައި ހަރަކާތްތެރިވާ ފުލުހުންގެ ސުޕްރިންޑެންޓް މުޙައްމަދު ރިޔާޒާއި ހަވާލާދީ އެމް.ވީ ޔޫތުގެ ނޫސްވެރިޔާ ބުނީ މިހާރު މި މައްސަލައިގައި 29 އަހަރުގެ ޒުވާނަކު ހައްޔަރުކޮށް އިތުރު ބަޔަކާއި ސުވާލުކުރަމުން ގެންދާކަމަށާއި، މި މައްސަލައިގައި އިތުރު ބަޔަކު ހޯދަމުން ގެންދާކަމަށެވެ.
މިހާރުވެސް އެ ސަރަހައްދުގައި ފުލުހުންގެ ޓީމުތަކުން ގެންދަނީ ހަރަކާތްތެރިވަމުންނެވެ. އެ ސަރަހައްދަށް ގިނަ އަދަދެއްގެ މީހުން ޖަމާވެފައިވާއިރު، ފުލުހުން ވަނީ އެހިސާބުގެ މަގުތައް ބަންދުކޮށް، މީޑިއާއަށްެވެސް ނުވަދެވޭގޮތް ހަދާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ