2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ކުރިމަތިލައްވާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އިއުލާނު ކުރެއްވުމުން، ޕީޕީއެމްގެ ރައިސް މައުމޫން އަބްދުލްގައްޔޫމް އެކުލަވާލާފައިވާ އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ މެމްބަރު ކަމުން އުމަރު ވަކިކޮށްފި އެވެ.
މިކަމާއި ގުޅިގެން ޕީޕީއެމް އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެޕާޓީގެ މަޝްވަރާ މަޖިލީހުގެ މެމްބަރު އޮނަރަބަލް އުމަރު ނަސީރު، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމަވާފައިވާކަން އިއުލާނު ކުރެއްވުމާއި ގުޅިގެން ޕީޕީއެމްގެ މަޝްވަރާ މަޖިލީހުގެ މެމްބަރުކަމުން ޕީޕީއެމްގެ ރައީސް، އެމަނިކުފާނު (އުމަރު) ވަކި ކުރައްވާފައި ވާކަމަށެވެ.
މަޝްވަރާ މަޖިލީހުން އުމަރު ނަސީރު ވަކިކުރެއްވުމުން އެ މަޖިލީހުގައި ޕާޓީގެ ރައީސްގެ އިތުރުން ތިއްބެވީ މިހާރު ހަތް މެމްބަރުންނެވެ. އެއީ އަހުމަދު ޒާހިރު (ސީނާ ޒާހިރު) ހަމްދޫން ހަމީދު، އަނީސާ އަހުމަދު ، ރާޝިދާ ޔޫސުފް، އާމިނަތު އާތިފާ، މުހައްމަދު ޒުހައިރު އަދު އާމިނަތު ނާދިރާ އެވެ.
ޕީޕީއެމްގެ މަޝްވަރާ މަޖިލީހަކީ ޕީޕީއެމްގެ އަސާސީ ގަވާއިދުގެ 39 ވަނަ މާއްދާގެ ދަށުން، ޕާޓީގެ ރައީސް ޕާޓީގެ ކައުންސިލްގެ ބޭރުން ލަފަޔާއި މަޝްވަރާ ހޯއްދެވުމަށްޓަކައި އެކުލަވާލާފައިވާ މަޖިލީހެއްކަމުގައި ޕީޕީއެމްއިން ހާމަކުރެ އެވެ.
ރައީސްކަމަށް ކުރިމަތިލާން ނިންމެވުމުން ޕީޕީއެމްގެ މަޝްވަރާ މަޖިލީހުން އުމަރު ވަކިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ