ރައީސް މުހައްމަދު ނަޝީދު ރާއްޖޭން ބޭރަށް ވަޑައިގެންނެވުމަށް ދީފައިވާ މުއްދަތު މިމަހުގެ ނިޔަލަށް ހުޅުމާލޭ ކޯޓުން ވެސް އިތުރުކޮށްދީފިއެވެ.
މުއްދަތު އިތުރުކޮށްދިންކަން ހުޅުމާލޭ ކޯޓުން އަންގާފައިވަނީ މިއަދުއެވެ. ރައީސް ނަޝީދަށް ދީފައިވާ މުއްދަތު ހައިކޯޓުން ވެސްވަނީ މިމަހުގެ 31 ގެ ނިޔަލަށް އިތުރުކޮށްފައެވެ.
ރައީސް ނަޝީދުގެ ފަރާތްޕުޅުން އިސްތިއުނާފަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުމެއް މިމަހުގެ 10 ވަނަ ދުވަހަށް ހައިކޯޓުގައި ކުރިން ތާވަލު ވެސް ކުރިއެވެ. ނަމަވެސް ރާއްޖޭން ބޭރުގައި ހުންނެވުމަށް އެދިވަޑައިގެންނެވުމައި ގުޅިގެން އަޑުއެހުންވަނީ ފަސްކޮށްފައެވެ.
ހައިކޯޓައި ހުޅުމާލޭ ކޯޓުން ވެސް އެމަނިކުފާނު ރާއްޖޭން ބޭރުގައި ހުންނެވުމަށް ދީފައިވާ މުއްދަތު އިތުރުކޮށްފައިވަނީ އާއިލާއާ އެކު ރާއްޖޭން ބޭރުގައި ވަގުތުކޮޅެއް ހޭދަކޮށްލެއްވުމަށް އެދިވަޑައިގެންނެވުމުންނެވެ.
ހުޅުމާލޭ ކޯޓަކީ ސައްހަ ނޫން ކޯޓެއް ކަމަށް ބުނެ ރައީސް ނަޝީދުގެ ފަރާތްޕުޅުން ނަގާފައިވާ އިޖުރާއީ މައްސަލަ، ސްޕްރީމު ކޯޓުންވަނީ އެކޯޓަކީ ސައްހަ ކޯޓެއް ކަމަށް ނިންމާފައެވެ.
ރައީސް ނަޝީދަށް ދީފައިވާ މުއްދަތު ހުޅުމާލޭ ކޯޓުން ވެސް އިތުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ