ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށްޓަކައި ބޭނުންވާ ރިޔާސީ ޓިކެޓް ހޯއްދެވުމަށް އޮތް އެއްވެސް ޕޮސިބިލިޓީއެއް ދޫކޮށްނުލައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.
ދިޓީވީން ފޮނުވި ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ 2013 ގައިވެސް ގައުމުގެ ލީޑަރ ޝިޕުގައި ހުންނަވައިގެން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދޭން ތައްޔާރަށް ހުންނެވިކަމަށާއި އެކަމަށް ކުރަން ޖެހިވަޑައިގެންނެވި ހުރިހާ މަސައްކަތެއްވެސް ކުރައްވާނެކަމަށެވެ.
ރިޔާސީ ޓިކެޓް ހޯއްދެވުމަށް އެހެން ސިޔާސީ ޕާޓީއަކާގުޅިވަޑއިގަންނަވާނެތޯ ޕްރޮގްރާމްގެ ޕްރެޒެންޓަރު މަސްއޫދު އަލީ ދެންނެވުމުން ރައީސް ވަހީދު ވިދާޅުވީ "އެއްވެސް ޕޮސިބިލިޓީއެއް އަޅުގަނޑު ދޫކޮށެއް ނުލައްވާނެކަމަށާއި ހުރިހާ ފުރުސަތެއް އޮތީ ހުޅުވިފަ" ކަމަށެވެ.
ރިޔާސީ އިންތިހާބަށް ނުކުމެވަޑައިގެންނެވުމުގެ އިޝާރާތެއް ރައީސް ވަހީދު ދެއްވި އިރު، ވަރަށް ފަހުން ޕީޕީއެމުގެ އިންތިގާލީ ރައީސް މައުމޫނު އަބުދުލް ގައްޔޫމް ވިދާޅުވެފައިވަނީ ޕީޕީއެމުގެ ދޮރު ވަނީ ރައީސް ވަހީދަށްވެސް ހުޅުވިފަކަމަށާއި ޕީޕީއެމާ ގުޅިވަޑައިގެން އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ހުޅުވިފައިވާކަމަށެވެ.
ރިޔާސީ ޓިކެޓް ހޯއްދެވުމަށް އޮތް އެއްވެސް ޕޮސިބިލިޓީއެއް އަޅުގަނޑު ދޫކޮށެއް ނުލާނަން: ރައީސް ވަހީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ